ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑް ދުއްވާފައި ދަނިކޮށް، އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ މުޒާހަރާގެ ބައިވެރިން، އެ މޮޓޯކެޑު ހުއްޓުވުމަކީ ރައީސް ސޯލިހަށް ސަލާމަތީ ބާރުތަކުން ދެމުން އަންނަ ސަލާމަތާއި ރައްކާތެރިކަން ފެއިލްވުން ކަމަށް ބުނާ މައްސަލަ 241 ކޮމެޓީން ބަލަން ނިންމައިފިއެވެ.
އެ ކޮމެޓީގެ މުގައްރިރު އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިއަދު "ހަތާވީސް" އަށް ވިދާޅުވީ އެއީ އޭނާ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. ސެކިއުރިޓީ ފެއިލްވުމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކެޑު ހުއްޓުވި މީހުންނާއި މެދު ފިޔަވަޅު އެޅެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އެއީ ވަރަށް ނުރައްކާތެރި އަމަލެއް. އެއީ އަޅުގަނޑު ގަބޫލުކުރައްވާ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ފުރާނަފުޅަށް ނުރައްކާ ފަދަ އަމަލެއް. އެފަދަ އަމަލުތައް އެއީ ޕީޕީއެމްވިޔަސް އަދި އެހެން ޕާޓީއަކުން ކުރި ކަމަކަށްވިޔަސް އެއީ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ އެ މައްސަލަ 241 ކޮމެޓީން ބަލަމުން ގެންދަނީ އެ ކޮމެޓީގެ އަމިއްލަ އިސްނެގުމުގެ މަތިން ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ އަކަށް ހުންނަވާ ބޭފުޅެއްގެ މޮޓޯކެޑު ދުއްވާފައި ދަނިކޮށް މިގޮތަށް ހުއްޓުވި ފުރަތަމަ ފަހަރެވެ. އެ މައްސަލައާ ގުޅިގެން އެމްއެންޑީއެފް އިން މިއަދު ބުނީ އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ