މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފުންނަށް ވެސް ރަމަޟާން މަހުގެ އެލަވަންސާއެކު އިތުރު ފައިސާ ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެކުންފުނިން މިއަދު ބުނީ އެމްޕީއެލްގެ މައި ބަނދަރާއި އަދި ސަރަހައްދީ ބަނދަރުތަކުގައި ވެސް މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން ރަމަޟާން މަހުގެ އެލަވަންސާއެކު އިތުރު 2،000 ރުފިޔާ މުވައްޒަފުންނަށް ދިނުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.
އެމްޕީއެލް އިން ބުނީ ރަމަޟާން މަހުގެ އެލަވަންސްގެ އިތުރަށް، އިތުރު ފައިސާ ދިނުމަށް އެކުންފުނިން ނިންމީ އެމްޕީއެލްގެ ބަނދަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ރޯދަ މަހުގެ ތެރޭގައިވެސް ގިނަ ވަގުތު މަސައްކަތް ކުރާ ބަޔަކަށް ވާތީ އެ މުވައްޒަފުން ކުރާ މަސައްކަތުގެ އަގުވަޒަން ކުރުމަށް ކަމަށެވެ.
ރަމަޟާން މަހަކީ ވިޔަފާރި ބަނދަރުން އެތެރެކުރާ މުދަލުގެ އަދަދު އިތުރުވާ މަހެއް ކަމަށާއި އަދި އެކުންފުނީގެ އޮޕަރޭޝަންތައް އޮމާންކަމާއެކު ކުރިޔަށް ގެންދިއުމުގައި ބޮޑު ދައުރެއް އަދާ ކުރަނީ ކުންފުނީގެ މުވައްޒަފުން ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލްގެ އިތުރުން އެމްއޭސީއެލް އިން ވެސް ވަނީ ރަމަޟާން މަހުގެ އެލަވަންސާއެކު އިތުރު 2،000 ރުފިޔާ ދިނުމަށް ނިންމައިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި