ބާކީނުވެ އެކުގައި މަސައްކަތް ކުރެއްވުމަށް ވަޑައިގަތުމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ނަސޭހަތްތެރިވާ ކަމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ރިޔާސީ ޕްރައިމަރީން ނާކާމިޔާބުވެވަޑައިގެންނެވި، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި، “ފިކުރެއްގެ ދިރުން” ނަމުގައި ހަރަކާތެއް ހިންގަމުންނެވެ. އަދި ރަށްރަށުގައި އެ ހަރަކާތުގެ ގޮފިތަކެއް ހެދުމަށް ވެސް ނަޝީދު އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.
ނަޝީދު އެ ވާހަކަތަކަށް އެންމެ ފުރަތަމަ ރައްދު ދެއްވީ ވެސް މީގެކުރިން ފައްޔާޒެވެ. ފައްޔާޒު ވިދާޅުވީ އެކަމާމެދު ނަޝީދު އަލުން ވިސްނާވަޑައިގެންނެވުމާއި ޕާޓީގެ އުސޫލުތަކާއި ގަވާއިދުތައް ބަދަލުކޮށްގެން ނޫނީ އެފަދަ ހަރާކާތެއް ނުހިންގޭނެ ކަމަށެވެ. ނަމަވެސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އަންނަނީ އެ ހަރަކާތް ކުރިޔަށް ގެންދަމުންނެވެ.
ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕުގެ ބޭފުޅުންނާއި ރައީސް ސޯލިހު މުލީއާގޭގައި ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފައްޔާޒު ވަނީ އެމްޑީޕީގެ ތެރޭގައި އޮތް ހިޔާލު ތަފާތުވުންތަކަށް އަދިވެސް ސުލްހަ ހޯދިދާނެ ކަމަށެވެ.
"އެންމެން ބޭނުންވާ ހުރިހާ ކަމެއް ފަހަރުގައި ހާސިލު ނުވެދާނެ. ދެމީހަކަށް އެއްފަހަރާ ވެރިކަމެއް ނުކުރެވޭނެ. އެހެންވީމަ އެކަންކަމަށް ވިސްނާ ވަޑައިގެން އަޅުގަނޑުމެން ދިވެހިރާއްޖެ އަށް ދިވެހި ގައުމަށް ދިވެހި ރައްޔިތުންނަށް ކުރިޔަށް ދެވޭނެ ގޮތެއް އެބަ ހޯދަން ޖެހޭ،" ފައްޔާޒު ވިދާޅުވިއެވެ.
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދުގެ ތާއީދު ވަރަށް ބޮޑަށް ބޭނުންވާކަން ފާހަގަކުރައްވަމުން ފައްޔާޒު ވިދާޅުވީ ނަޝީދު ވަކި ހަރަކާތެއް ހިންގާ މައްސަލާގައި ޕާޓީން ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އަދި ނުގެންގުޅޭ ކަމަށެވެ.
"އެހެންނަމަވެސް އެ ނުލިބިއްޖެ ކަމަށްވަންޏާ [ނަޝީދުގެ ތާއީދު] ވެސް އަޅުގަނޑުމެން އިންތިހާބު ކާމިޔާބު ކުރާނަން. އަޅުގަނޑުމެން ބޭނުންވަނީ ރައީސް ނަޝީދާއެކު ގޮސްގެން މިކަން ކާމިޔާބު ކުރަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު ވަނީ އެމްޑީޕީ އަކީ "ތަފާތު" ޕާޓީއެއް ކަމަށް ވިދާޅުވެ ނަޝީދު ކުރައްވާ މަސައްކަތަކީ މާބޮޑަށް ކަންބޮޑުވާ މައްސަލައެއް ނޫން ކަމަށް ވިދާޅުވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ