ސެރަމިކް އާޓް އަދި ޕޮޓަރީ ތައްޔާރުކުރާ ކްލޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ރަސްމީކޮށް ހުޅުވައިފިއެވެ.
އެ ސްޓޫޑިއޯ ހުޅުއްވައިދެއްވީ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އެ ކްލޭ ސްޓޫޑިއޯ ހުޅުވާފައި ވަނީ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯގައެވެ.
އެ ސްޓޫޑިއޯ އިން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކުގެ ތެރޭގައި ޕޮޓަރީ އަދި ސެރަމިކް އާޓްގެ ފަންނު ދަސްކޮށްދިނުމަށް ކޯސްތައް ހިންގައެވެ. މީގެ އިތުރަށް އެ މަސައްކަތް ތަޖުރިބާކޮށްލަން އެދޭ ފަރާތްތަކަށް ވެސް އެ ފުރުސަތު ފަހިކޮށްދެއެވެ.
އޭގެ ތެރޭގައި ރައްޓެހިންނާއި އެކުވެރިންނާއެކު ނެގޭ ގަޑިތަކާއި އިންޑިވިޖުއަލް ގަޑިތައް ވެސް ހިމެނެއެވެ. އަދި ކުޑަކުދިންނަށް ވެސް އެ ފަންނު ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު އެ ސްޓޫޑިއޯއިން ފަހިކޮށްދެއެވެ.
މީގެ އިތުރަށް އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ވެސް ބާއްވާއިރު ފްރީލާންސް އާޓިސްޓުންނަށްވެސް ސްޓޫޑިއޯ ބުކްކޮށް ބޭނުންކުރެވޭނެއެވެ.
ފަންނުވެރި ހުނަރުވެރި ތަޖުރިބާކާރުންތަކެއް ހިންގާ މި ސްޓޫޑިއޯ އަކީ ރާއްޖޭގައި ހިންގާ ޕޮޓަރީ އަދި ކްލޭ އާޓްގެ ފުރަތަމަ ސްޓޫޑިއޯއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ