ބަރަކާތްތެރި ރަމަޟާން މަސް ބައްދަލުކުރިއިރު، މި މައްސަރަކީ ޙަސަދައާއި ރުޅިވެރިކަމާއި ނަފްރަތުން އެއްކިބާވާ މަހަކަށް ހެދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސް ކުރައްވައިފިއެވެ.
ރޯދަމަސް ފެށުމާއި ގުޅޭ ގޮތުން ރައީސް ފޮނުއްވި ހިތާބެއްގައި ވަނީ މި ބަރަކާތްތެރި މޫސުމުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށްޓަކައި، ފަރުޟު ފަސް ނަމާދަށް ރައްކާތެރިވެ، ކީރިތި ގުރްއާނާ އެކުގައި ހޭދަކުރާ ވަގުތު އިތުރުކޮށް، ތަރާވީހް ނަމާދާއި އެހެނިހެން އަޅުކަންތަކުގައި ހީވާގިވެ އުޅުމަށް، ރާއްޖޭގެ ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރައްވައިފައެވެ.
"ވަކިން ޚާއްޞަކޮށް، މި މައްސަރަކީ، ޙަސަދައާއި ރުޅިވެރިކަމާއި ނަފްރަތުން އެއްކިބާވެ، ދޭދޭ މީހުންގެ ދެމެދުގައި، އިސްލާމީ އަޚްވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް މަސައްކަތް ކުރާ މައްސަރެއް ކަމުގައި ހައްދަވަމާ ހިންގަވާށެވެ،" ރައީސް ވިދާޅުވިއެވެ.
ރޯދައިގެ އެންމެ މަތިވެރި ރޫޙާނީ ފިލާވަޅަކީ، އިންސާނާ އާއި އޭނާގެ ވެރި ރަސްކަލާނގެއާ ދެމެދު އޮންނަ ވަރުގަދަ ގުޅުން، އަލުން އާލާކޮށް ބަދަހިކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރޯދައިން ލިބިދޭ ތަރުބަވީ ފިލާވަޅަކީ، ކެތްތެރިވުމާއި ތަހައްމަލު ކުރުމަށް ތިމާގެ ނަފްސާއި ހަށިގަނޑު ހާނުވައި ތަރުބިއްޔަތު ކުރުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އިސްރާފުކުރުންތަކާ ދުރުހެލިވެ، އިޤްތިޞާދު ކުރުމުގެ އާދަ ހަރުލެއްވުމެވެ. ރޯދައިގެ އަޚްލާޤީ ފިލާވަޅަކީ، ދުލާއި ހަށިގަނޑުގެ އެންމެހައި ނުރަނގަޅު އާދަތައް ދޫކޮށްލައި، ރިވެތި ބަސްމަގު އިޚްތިޔާރުކުރުމެވެ. ރޯދައިގެ އިޖްތިމާއީ ފިލާވަޅަކީ، އަނެކުންނަށް ދީލަތިވެ ހެޔޮ ފޯރުވައިއުޅުމާއެކު، އެކުވެރިކަމާއި ސުލްޙަމަސަލަސްކަން ފެތުރުމަށް މަސައްކަތް ކުރުމެވެ،" ރައީސް ސޯލިހް ވިދާޅުވިއެވެ.
މީގެއިތުރުން ރޯދަ މަހަކީ އަޅުކަމާއި ތަގުވާވެރިކަމުގެ މޫސުމެވެ. ކީރިތި ގުރްއާން ކިޔެވުމާއި ދުއާ ކުރުން ގިނަކޮށް، އަޅުކަންތައް ކުރުމުގައި ހީވާގިވުމާއެކު، އަނެކުންނަށް އެހީ ފޯރުވުމާއި ދީލަތިވުމުގައި އަތްތައް ހުޅުވައިލަންވީ މައްސަރު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ