ސަރުކާރުގެ އެންމެ ބޮޑު ކުންފުނި، އެސްޓީއޯގެ މަގާމުތަކުން ހުސައިން އަމްރު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް އަންގައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު "ހަތާވީސް"އަށް ވިދާޅުވީ އަމްރު ވަކިކުރަން ނިންމީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ތެރެއިން ކަމަށެވެ. އެ ބަދަލުތަކަކީ އަބަދުވެސް ގެންނަމުންދާ ބަދަލުތަކެއް ކަމަށް މިއުވާން ވިދާޅުވިއެވެ.
އެސްޓީއޯގައި އަމްރު ގެންދަވަނީ ބޯޑުޑިރެކްޓަރުކަމާއި މެނޭޖިން ޑިރެކްޓަރުކަމާއި ސީއީއޯކަން ވެސް ކުރައްވަމުންނެވެ. އެ މަގާމުތަކުން އޭނާ މިއަދު ވަކިކުރަން ޕީސީބީއިން ނިންމާނެ ކަމަށް ބެލެވެއެވެ.
ރާއްޖޭގެ ބާޒާރަށް ތަފާތު އެކި ވައްތަރުގެ މުދާ އެތެރެ ކުރުމާއި ޝިޕިންގެ ހިދުމަތާއި ތެޔޮ ފޯރުކޮށްދިނުމާއި ކަނޑުމަސް ބޭރުކުރުންފަދަ ހިދުމަތްތަކެއްދޭ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ވަކިކުރަން ސަރުކާރުން ނިންމާފައި މި ވަނީ ސަރުކާރާ ދެކޮޅަށް އޭނާ މަސައްކަތް ކުރައްވަން ފެއްޓެވެމުމުންނެވެ. އަމްރު ގެންދަވަނީ ސަރުކާރާ ދެކޮޅަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ގުޅިގެން މަސައްކަތްތަކެއް ކުރައްވަމުންނެވެ. "ފިކުރެއްގެ ދިރުން" ނަމުގައި ޖުމްހޫރީ ޕާޓީއާ ގުޅި، އެ ޕާޓީއާ ގުޅިގެން ސަރުކާރާ ދެކޮޅަށް އަޑި ނޭނގޭ މަސައްކަތްތަކެއް އަމްރު ވަނީ ފަށްޓަވާފައެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި އަމްރު ހުންނެވީ ރައިސް ސާލިހާ ދެކޮޅަށެވެ. ރައީސް ނަޝީދާއި އޭނާއަށް ތާއިދު ކުރާ މަޖިލިސް މެމްބަރުން ސަރުކާރަށް ޒާތީ ގޮތުން ދިމާކުރަމުން ގެންދިޔައިރު ވެސް އަމްރު އެކަމަށް އެއްޗެކޭ ވިދާޅެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ