މިއަހަރުގެ ފުރަތަމަ ތިން މަސް ތެރޭގައި ރާއްޖެ އަށް ބައި މިލިއަނެއްހާ ފަތުރުވެރިން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ މިމަހުގެ 23ވަނަ ދުވަހާއި ހަމައަށް ރާއްޖެ އަށް 483،624 ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު ގާތްގަނޑަކަށް 22 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އަށް އައިސްފައި ވަނީ 394،204 ފަތުރުވެރިންނެވެ. 2021ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައި ވަނީ 266،754 ފަތުރުވެރިންނެވެ.
އެހެންކަމުން މިއަހަރުގެ މި މުއްދަތު ރާއްޖެ އައިސްފައި މިވާ ފަތުރުވެރިންގެ އަދަދަކީ މީގެ ކުރީ ދެ އަހަރާއި އަޅާ ބަލާއިރު ވެސް ވަރަށް ބޮޑަށް އިތުރު އަދަދެކެވެ.
ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައި ވަނީ ފެބްރުއަރީ މަހުއެވެ. އެއީ 177،915 ފަތުރުވެރިންނެވެ. ޖެނުއަރީ މަހަކީ ދެވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވާ މަހެވެ. އެމަހުގެ ތެރޭގައި 177،499 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިމަހުގެ ފުރަތަމަ ދުވަހުން 23ވަނަ ދުވަހާއި ހަމައަށް 133،210 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
މިއަހަރު ރާއްޖެ އަށް ކޮންމެ ދުވަހަކުވެސް އެވްރެޖު ގޮތެއްގައި 5،898 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖު ގޮތެއްގައި 8 ދުވަހު ރާއްޖޭގައި މަޑު ކުރެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ