ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރައްވައިފިއެވެ.
ސަރުކާރުގެ އިސް މަގާމެއްގައި ހުންނަވައި، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ޝިފާޒު، ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރެއްވިކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މިއުވާން މުހައްމަދު ވަނީ "ހަތާވީސް"އަށް މިއަދު ކަށަވަރުކޮށްދެއްވާފައެވެ.
ޝިފާޒު ވަކިކުރައްވާފައި މި ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ރައީސް އޮފީހަށް އޭނާ ވަޑައިނުގަންނަވާ މައްސަލަ ވެސް ބޮޑުވެފައިވަނިކޮށެވެ.
މީގެ އިތުރުން އޭނާ ވަކިކުރައްވާފައި މި ވަނީ ރައީސް ނަޝީދު އިސްވެ ހުންނަވައި، ސަރުކާރާ ދެެކޮޅަށް ހިންގަވާ "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް އުޅުއްވާ ހުސެން އަމްރު ވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުކަމުން ވަކިކުރައްވާފައިވަނިކޮށެވެ.
ރައީސް ސާލިހު އައްޔަން ކުރެއްވި ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން މަގާމުތަކުން ވަކިކުރަން ފަށާފައި މި ވަނީ އެމްޑީޕީގެ ދެ ފެކްޝަންގެ ކޯލުން ބޮޑުވެ، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ފާޑުކިޔަމުންދާ ދުވަސްތަކެއް ފާއިތުވެދިޔަ ފަހުންނެވެ.
ސިޔާސީ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރުން، އެހެން މަގާމުތަކުގައި ތިއްބެވި ސިޠާސީ އެހެން ބޭފުޅުން ވެސް ވަކިކުރުމުގެ މަސައްކަތް ރައީސް އޮފީހުން ދަނީ ކުރަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ