ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދު ޖޭޕީން ވަކިވުމަށް ނިންމައިފިއެވެ.
ވަލީދާ ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ދެވަނަ ދައުރަކަށް ރައީސް ސޯލިހު ހޮވުމަށް މި ސަރުކާރާ ގުޅިގެން އޭނާ އަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށްޓަކައި ޖުމްހޫރީ ޕާޓީން ވަކިވާން ނިންމަވާފައިވާ ކަމަށެވެ.
ވަލީދާ ޖުމްހޫރީ ޕާޓީން ވަކިވާން ނިންމިއިރު އަންނަ ރިޔާސީ އިންތިހާބުގައި އެޕާޓީން ވެސް ވާދަ ކުރުމަށް ވަނީ ނިންމައިފައެވެ.
މި ސަރުކާރުގެ ކޯލިޝަންގައި މިހާރުވެސް ހިމެނޭ ޖޭޕީގެ އެ ނިންމުމާއެކު ޖޭޕީގެ ސްލޮޓުތަކުގައި ތިބި މި ސަރުކާރުގެ ބައެއް އިސްބޭފުޅުން އަންނަނީ ޖޭޕީން ވަކިވަމުންނެވެ.
އެގޮތުން ވަލީދާގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރުވެސް ވަނީ ޖޭޕީން ވަކިވެފައެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ ވެސް ވަނީ ޖޭޕީން ވަކިވެފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ