ސަރުކާރުގެ ގުދަނެއް ދަންވަރު ފަޅާލައި، ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލިން މުދާތަކެއް ގެންދަން އުޅެނިކޮށް، ހިފަހައްޓައިފިއެވެ.
ސިޓީ ކައުންސިލުން ގެންގޮސްފައި ވަނީ ޔޫތް މިނިސްޓްރީގެ ބިމެއްގައި ހުރި މުދާތަކެކެވެ. މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ މިނިސްޓްރީގެ ބިމެއްގެ ތެރެއަށް ސިޓީ ކައުންސްލުން ވަދެ ގުދަނުގެ ތަޅުހަލާކުކޮށްލާފައިވާ ކަމަށެވެ. ގުދަންކޮށްފައި ހުރި އަގުބޮޑު ސާމާނުތައް ގެންގޮސްފައިވާ ކަމަށް ޓްވިޓާގައި ފޮޓޯއެއް ހިއްސާކުރައްވާ މަހުލޫފް ވިދާޅުވިއެވެ.
"ހަތާވީސް" އާ މައުލޫމާތު ލިބިފައިވާ ގޮތުން އެ މުދާތައް ގެންދަނިކޮށް ހުއްޓުވީ މިނިސްޓްރީގެ މުވައްޒަފުންނާ ގުޅިގެން ފުލުހުންނެވެ.
އެކަން ވަގުތުން ހުއްޓާލުމަށް މަހުލޫފް ވަނީ ސިޓީ ކައުންސިލްއަށް ގޮވާލާފައެވެ. އަދި ގެއްލޭ ތަކެއްޗާއި ގެއްލުންލިބޭ ތަކެއްޗަށް ޒިންމާ އުފުލަންވާން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
https://twitter.com/AhmedMahloof/status/1641892236660215808?s=20
އެނގިފައިވާ ގޮތުން މުދާތައް ރައްކާކޮށްފައިވާ ގުދަން، ސަރުކާރަށް ވެސް ނޭނގި ސިޓީ ކައުންސިލުން ވަނީ އަމިއްލަ ފަރާތަކަށް ކުއްޔަށް ދީފައެވެ. އެ ގުދަނަކީ ޕީޕީއެމްގެ ސަރުކާރުގައި "ރުމާލު 2" ޖަގަހަ ހިންގި ތަނެވެ. އެ ގުދަނާ ގުޅިފައިވާ ހުސް ބިން ސަރުކާރުން ވަނީ ވޮލީ ކޯޓު އަޅަން ޔޫތު މިނިސްޓްރީއަށް ދީފައެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލުން މިރޭ ބުނީ ޤަވައިދާ ޚިލާފަށް އެެއްވެސް ކަމެެއް ނުކުރާ ކަމަށެވެ. އަދި އެކަން ހިނގައި ދިޔަ ގޮތް ބަލައި ތަފްސީލު ފަހުން ހާމަކުރާނެ ކަމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ