އާބަންކޯ އިން ހުޅުމާލޭގައި ދޫކޮށްފައި ފްލެޓުތަކަށް ބަރާބަރަށް ކުލި ދައްކާ ފަރާތްތަކަށް "ޕޭ އެންޑް ވިން" ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.
އެ ކޯޕަރޭޝަނުން ބުނީ އާބަންކޯ އިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތް ފޯރުކޮށްދީ، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް އެކި ކަހަލަ ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. އެގޮތުން އިތުރަށް ކުންފުންޏަށް މިހާރު ގެނެސްފައިވާ "އާބަން" ބަދަލާއި އެކު އަލަށް ލޯންޗް ކުރި "ޕޭ އެންޑް ވިން" ޕްރޮގްރާމަކީ ވެސް ހުޅުމާލޭގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ތައާރަފްކުރި ޕްރޮގްރާމެއް ކަމަށް އެކޯޕަރޭޝަނުން ބުނެއެވެ.
"ޕޭ އެންޑް ވިން" އަކީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް ލިބިފައިވާ ފަރާތްތަކަށް ހުޅުވާލާފައިވާ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމުގައި ބައިވެރިވެވެނި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކުލި ދައްކާ އަދި އެއްވެސް އޯވަޑިއުއެއް ނެތް ފަރާތްތަކަށެވެ. އެގޮތުން ގަވާއިދުން ކުލިދައްކާ ފަރާތްތަކުގެ މެދުގައި ކޮންމެ ތިން މަހަކުން ގުރުއަތު ނަގައި ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި އުމްރާ ދަތުރެއް ލިބިގެންދާނެ ކަމަށް އާބަންކޯ އިން ބުންޏެވެ.
ބައެއް ސޯޝަލް ހައުސިން ޔުނިޓުތަކުގެ ކުލި އެކި ހާލަތްތަކުގެ ސަބަބުން ނުދެއްކި އޯވަޑިއު ވެފައިވާކަން އެ ކޯޕަރޭޝަނަށް ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް އެ ކޯޕަރޭޝަނުން މަސައްކަތްކުރަނީ އެފަދަ ލަކީޑްރޯއެއް ކުރިއަށް ގެންދެވޭ އިރު ހުރިހާ ފަރާތްތަކަށް ވެސް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް އާބަންކޯ އިން ބުނެއެވެ.
އެހެންކަމުން ކުލި ދެއްކުމުގައި ދަތިތައް ދިމާވެފައިވާ ފަރާތްތަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ މަގެއް އެކޯޕަރޭޝަނުން ވަނީ ފަހިކޮށްދީފައެވެ. އެގޮތުން ޖެހިޖެހިގެން 6 މަސް ވަންދެން ގަވާއިދުން ކުލި ދައްކައިފި ނަމަ އެ ލަކީޑްރޯގައި ބައިވެރިވެވޭނެއެވެ.
އާބަންކޯ އިން ބުނީ އެ ކޯޕަރޭޝަންގެ މަގްސަދަކީ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުސަތު ހޯދައިދީ، ގަވާއިދުން ކުލި ދެއްކުމަށް ބާރުއެޅުން ކަމަށެވެ. އެހެންކަމުން، އެކި ސަބަބުތަކާއި ހެދި ފައިސާ ނުދެއްކިފައިވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯދައިދިނުމަށް ޕޭމަންޓް ޕްލޭންއަކަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު ވެސް ވަނީ ފަހިކޮށްދެވިފައެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި