ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލީޓަށް އިތުރު މަތިންދާބޯޓެއް ގެނެސްފިއެވެ. މިއީ އެކުންފުނިން ރާއްޖެ އަށް ގެނައި އޭޓީއާރު ތިންވަނަ މަތިންދާބޯޓެވެ.
ސާޅީސް ދެ މީހުންގެ ޖާގައިގެ މި ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މިއަދު ޖެއްސީ މެންދުރުފަހުގެ ވަގުތެއްގައެވެ. ބޯޓު ޖެއްސުމުން ވޯޓާ ސެލިއުޓެއް ވަނީ އަރުވާފައެވެ. މި ބޯޓާއެކު ގައުމީ އެއާލައިންގެ ފްލީޓް 14 ބޯޓު ވަނީ އިތުރުވެފައެވެ.
[caption id="attachment_49615" align="alignnone" width="2560"] މިހާރު އެތެރޭގެ އުދުހުންތަކުގައި މޯލްޑިވިއަން އިން ބޭނުންކުރާ ފްލައިޓެއް: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
ރާއްޖޭގެ އެތެރޭގެ އުދުހުންތައް އެންމެ ގިނައިން ކުރަމުން އަންނަ މޯލްޑިވިއަން އިން އާއްމުކޮށް ބޭނުންކޮށް އުޅޭ ޑޭޝް-8 މަތިންދާ ބޯޓުތައް ބާވުމާއި އަދި އަދި އެ މަރުކާގެ މަތިންދާބޯޓުތައް އުފެއްދުންވެސް ހުއްޓާލާފައި ވާތީ އޭޓީއާރުގެ ތިން ބޯޓް ގެނައުމަށް 2021ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
[caption id="attachment_49607" align="alignnone" width="2560"] މޯލްޑިވިއަން އިން ރާއްޖެ ގެނައި އެ އެއާލައިންގެ ތިން ވަނަ އޭޓީއާރު މަތިންދާބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައި: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
މީގެތެރެއިން ދެ ބޯޓެއް މިދިޔަ މަސް ތެރޭގައި ރާއްޖެ އަށް ވަނީ ގެނެސްފައެވެ. އަދި މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގައި އެ ބޯޓުތައް މިހާރު އަންނަނީ ބޭނުން ކުރަމުންނެވެ.
މިއަދު ގެނައި ބޯޓާއި ގުޅޭ ގޮތުން މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ވިދާޅުވީ މޯލްޑިވިއަން އިން މިއަހަރާއި އަދި އަންނަ އަހަރުވެސް އިތުރު ބޯޓުތަކެއް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށެވެ.
[caption id="attachment_49598" align="alignnone" width="2560"] މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނިފާ ނޫސްވެރިންނާއި ވާހަކަދައްކަވަނީ: ހަތާވީސް ފޮޓޯ / އާދަމް ނަޒީރު[/caption]
މޯލްޑިވިއަން އިން ބުނީ އަލަށް ގެންނަ ބޯޓުތަކުގައި ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށެވެ. އަދި ބުނީ މެއިންޓެނެންސްގެ މަސައްކަތަށް ކުރަމުންދާ ހަރަދުވެސް ކުޑަވާނެ ކަމަށެވެ.
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި