ހަވާލުކުރެއްވި ޒިންމާތަކުގެ ތެރެއިން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ބަލާއިރު ފެއިލްވެއްޖެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ އެކަމަނާ އާއި ހަވާލު ކުރެވުނު ޒިންމާތައް އަދާ ކުރައްވަމުން ގެންދަވަނީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
"ސަރުކާރަށް އަދި ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެފަދަ އެއްވެސް ކަމެއްވެސް ކޮށްފައި ނުވާނެ. އަޅުގަނޑު ވަރަށް ސާފުކޮށް މިދަންނަވަނީ ފެއިލްވެފައިވާކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މާރިޔާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ އެއްވެސް ވަޒީރަކު ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާ ކަމަކުން ރައްޔިތުން މަޖިލީހުގެ އެއްވެސް މެމްބަރަކަށް، އެވަޒީރަކު ފެއިލްވީ ކަމަށް ގަބޫލު ކުރެވިއްޖެނަމަ އެވަޒީރަކާއި ދޭތެރޭ ފިޔަވަޅެއް އެޅުވުމަށް ގާނޫނު އަސާސީގެ ގާނޫނުތަކުން ފުރިހަމަ އިހުތިޔާރު ލިބިގެންވާ ކަމަށް ގަބޫލުފުޅު ކުރައވްާ ކަމަށެވެ.
މިއަދުގެ ޖަލްސާގައި ޝިޔާމް ވަނީ ޑިފެންސް މިނިސްޓަރު މާރިޔާއަށް، ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ދެކޮޅުހަދާ ދިވެހިންނަށް އިހާނެތިކޮށް ކަންކުރުމަކީ މިނިސްޓަރުގެ ހައިސިއްޔަތުން ތާއީދުކުރައްވާ ކަމެއްތޯ، އަދި ސަލާމަތީ ބާރުތަކަށް ހިދުމަތްކުރައްވާ ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ބޭފުޅުންނަށް ކުޑައިމީސް ކުރުމަކީ މިނިސްޓަރު މައާފަށް އެދެންޖެހޭ ކަމެއްކަމަށް ދެކެންތޯ ސުވާލު ކޮށްފައެވެ. މީގެއިތުރުން ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާގެ މައުލޫމާތު ލިބި ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ނުވުމަކީ ފެއިލްވުން ކަމަށް ޤަބޫލުކުރަންތޯ ސުވާލު ކޮށްފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ