ކ. ގުރައިދޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަން ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަޑައިގެންފިއެވެ.
ރައީސް އެ ރަށަށް ވަޑައިގެން، ބޭއްވި ރަސްމިއްޔާތެއްގައި ގުޅީ ކައުންސިލްގެ ރައީސް މޫސާ ސަލީފް ވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ. ސަލީފަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި އެ ރަށު ކައުންސިލްގެ ރައީސްކަމުގެ ގޮނޑިއަށް އިންތިހާބުވި ބޭފުޅެކެވެ.
ސަލީފް އެމްޑީޕީއާ ގުޅިވަޑައިގެންނެވުމުން، ރައީސް ސާލިހު ވިދާޅުވީ ގުޅީގެ ތަރައްގީއަށްޓަކާ ސަރުކާރުން ކުރަމުން ގެންދާ ކަންތައްތައް މިހާރަށް ވުރެ ބޮޑަށް ކައުންސިލުން ސަރުކާރާއެކު މަސައްކަތް ކުރަމުންގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
”ގުޅީގެ ރައްޔިތުން އެ ބޭނުންވާ ތަރައްގީ ގެނައުމުގައި އަޅުގަނޑުމެންނާ އެކު، އިސްދައުރެއް އަދާކުރައްވާނެ ކަމަށް [އުންމީދުކުރަން]،” ގުޅީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ