ކ. ގުރައިދޫ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައްޔިތުންގެ އެދުމުގެ މަތިން، ހިއްކާފައިވާ ބިމުން ގޯތި ދިނުމުގެ ހުރިހާ ބާރެއް ރަށު ކައުންސިލްގައި އޮވެމެ އެކަން ނުކޮށް އޮތުމަކީ ރައްޔިތުންނަށް އިތުރު ދަތިތަކެއް ކުރިމަތިވާނެ ކަމެއް ކަމަށާއި ކައުންސިލުން އެކަން ނުކުރާ ނަމަ އެ މަސައްކަތް ކުރާނެ ގޮތެއް ގާނޫނުގެ ތެރެއިން ސަރުކާރުން ހޯދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް ޝާޒުގެ ކެމްޕެއިނަށް މިއަދު ގުރައިދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކެމްޕެއިނަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އެދުނީ ގޯތި ދޭން ބިމެއް ހިއްކައި ދިނުމަށް ކަމަށެވެ. އަދި މަޖިލިސް އިންތިހާބަށް އެރަށަށް ވަޑައިގަތުމުން ރައްޔިތުން އެދުނީ ޕިކްނިކް ދާނެ ރަށެއް ތަރައްގީ ކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު އެންމެ ދެކެން ބޭނުންފުޅު ވަނީ މި ސަރުކާރުން ހިއްކި ބިމުން ގުރައިދޫ ރައްޔިތުންނަށް ގޯތި ދޫކުރެވޭ ތަން ފެނިގެން ދިއުން ކަމަށެވެ. މިއަދު އެ މަސައްކަތް ކުރުމުގެ ހުރިހާ ބާރެއް އޮތީ ގުރައިދޫ ކައުންސިލްގައި ކަމަށާއި ނަމަވެސް އެކަން ކައުންސިލުން ކުރަމުން ނުދާތީ ރައީސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
"އެކަން ލަސްވާ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ ގާނޫނުގެ ތެރެއިން، ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ސަރުކާރު ހޮވާފައި މިތިބީ. ގޮތެއް ހޯދަން ޖެހޭނީ އެކަމުގައި. ހޯދާފައި ރައްޔިތުން އެބޭނުންވާ ގޮތަށް އެތަން ބޭނުން ކުރެވޭނެ ގޮތެއް ހޯދައިދޭން ކުރެވެން އޮތް ކަމެއް ކުރަން. ތިޔަ ބޭފުޅުން ކަންބޮޑުވެވަޑައި ނުގަންނަވައްޗޭ ތިބޭފުޅުންނަށް އެ ބޭނުންވާ ގޯތި އެތަނުން ލިބޭނެ ގޮތް އަޅުގަނޑުމެން ހަދައި ދޭނަން،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ގުރައިދޫ އަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ބަޖެޓުގައި ހިމަނާފައިވާ ސޯޝަލް ހައުސިން މަސައްކަތުގެ ދަށުން ބައެއް އެރަށުގައި ކުރިޔަށް ގެންދެވޭތޯ ގުރައިދޫ ކައުންސިލާއެކު ވާހަކަ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ