ރޭ ދަންވަރު 12އިން ފެށިގެން ޕްލާސްޓިކް ކޮތަޅަކުން 2 ރުފިޔާ ނަގަން ފަށައިފިއެވެ.
މިގޮތަށް އަމަލުކުރަން ފެށީ ކުނި މެނޭޖު ކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހަކާއި ގުޅިގެންނެވެ. އެހެންކަމުން ފިހާރަތަކުން މުދާ ގަންނައިރު ދޭ ޕްލާސްޓިކު ކޮތަޅަކަށް ވެސް 2 ރުފިޔާ ނަގާނެއެވެ.
ޕްލާސްޓިކު ކޮތަޅަށް ނަގާ 2 ރުފިޔާ، ޖީއެސްޓީ ދައްކާއިރު މީރާ އަށް ހުށަހަޅަންޖެހެއެވެ.
އެހެންނަމަވެސް ޑިއުޓީ ފްރީ ފިހާރަތަކުން ވިއްކާ ނުވަތަ ފޯރުކޮށްދޭ ކޮތަޅާއި ބަންދުނުކޮށް ހުންނަ، ހުރިހާ ބާވަތެއްގެ ތާޒާ މަސް ބަންދުކުރާ ކޮތަޅުގެ އިތުރުން ކުނި މެނޭޖުކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ ކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އެޅުމަށް ދޫކުރާ ނުވަތަ ވިއްކާ ޑަސްބިން ކޮތަޅު މި ފީ ނަގުމުން އިސްތިސްނާވެއެވެ.
މިގޮތަށް ފުރަތަމަ ނިންމީ 2022ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓުގައެވެ. އޭރު ބަޖެޓުގައި އޮތީ މިދިޔަ އަހަރުގެ ޖޫން މަހު އެ ގޮތަށް އަމަލުކުރަން ފެށުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ