އެސްޓީއޯ އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާއަކަށް 77 ރުފިޔާ ބަހަން ނިންމައިފިއެވެ.
އިއްޔެ އެސްޓީއޯ އިން ބޭއްވި އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމުގައި، އެގޮތަަށް ހުށަހެޅުމަށް ފާސް ކޮށްފައިވާ ކަމަށެވެ. އަދި އެ ނިންމުން އެކުންފުނީގެ އަހަރީ އާއްމު ޖަލްސާ އަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯ އަށް ޖުމްލަ ފައިދާގެ ގޮތުގައި 515 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.
އެސްޓީއޯ އިން ބުނީ ތިންވަނަ ކުއާޓަރުގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 4.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެ ކުންފުންޏަށް ދެވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގޮތުގައި 458 މިލިއަން ރުފިޔާ ލިބުނުއިރު ތިންވަނަ ކުއާޓަރުގައި ޖުމްލަ ފައިދާގެ ގަޮތުގައި ވަނީ 515 މިލިއަން ރުފިޔާ ލިބިފައެވެ.
މިދިޔަ އަހަރުގެ ފައިދާ އިން 77 ރުފިޔާ ބަހަން ނިންމިއިރު ދެހާސް އެކާވީސް ވަނަ އަހަރުގެ ފައިދާ އިން އެސްޓީއޯ އިން ވަނީ 65 ރުފިޔާ ބަހަން ނިންމައިފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި