އިނގިރޭސިވިލާތުގެ މަޝްހޫރު ބޭންޑް "ކޯލްޑްޕްލޭ" ގެ ކޮންސާޓެއް ގިނަ ދިވެހިންތަކެއް ދިރިއުޅެމުން އަންނަ މެލޭޝިއާގައި ބާއްވަން ހަމަޖައްސާ، ދުވަސް އިއުލާން ކޮށްފިއެވެ.
ކޯލްޑްޕްލޭ ބޭންޑުން މިއަދު އާއްމު ކުރި އެ ބޭންޑުގެ މިއުޒިކް އޮފް ސްފެއާސް ވޯލްޑްވައިޑް ޓުއާގެ ޝޯތަކުގައި މެލޭޝިއާގެ ނަން އޮތީ ހިމަނައިފައެވެ. މިއީ މި ބޭންޑް އެ ގައުމުގައި ކޮންސާޓެއް ބާއްވާ ފުރަތަމަ ފަހަރެވެ. މެލޭޝިއާގައި ކޯލްޑްޕްލޭގެ ޝޯ ބޭއްވުމަށް ތާވަލު ކޮށްފައި އޮތީ މިއަހަރުގެ ނޮވެމްބަރު މަހުގެ 22 ގައެވެ.
ދުނިޔޭގެ ބޮޑެތި ބޭންޑްތައް ކޮންމެ އަހަރަކުވެސް ވޯލްޑްޓުއާ ޝޯތަކަށް ދަތުރު ކުރާ އިރު މެލޭޝިއާ އަކީ އެފަދަ ގިނަ ޝޯތަކެއް ބާއްވާ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ ބިލީ އައިލިޝްގެ ހާއްސަ ޝޯއެއް ބާއްވައިފައެވެ.
ކޯލްޑްޕްލޭގެ ކޮންސާޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މެލޭޝިއާގެ ގައުމީ ސްޓޭޑިއަމް، ބުކިޓްޖަލީލް ސްޓޭޑިއަމުގައެވެ. މި ސްޓޭޑިއަމަކީ 85،000 މީހުންގެ ޖާގައިގެ ބޮޑު ސްޓޭޑިއަމެކެވެ.
މިއުޒިކް އޮފް ސްފެއާސް ވޯލްޑްވައިޑް ޓުއާގެ ޝޯތަކުގައި މެލޭޝިއާ ހިމެނޭހެން އޭޝިއާގެ ފަސް ގައުމެއް ހިމެނެއެވެ. އެއީ ޓައިވާންއާއި ޖަޕާން އަދި އިންޑޮނޭޝިއާގެ އިތުރުން އޭޝިއާގެ ޓުއާގައި ހިމަނާފައިވާ އޮސްޓްރޭލިއާއެވެ.
ކޯލްޑްޕްލޭގެ ޝޯއަށް ޓިކެޓް ވިއްކަން ފަށާނީ މި މަހުގެ 17 ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ