ހިޓާޗީން ފެބްރުއަރީމަހު ލޯންޗުކުރި ދޮންނަ މެޝިން އެސްޓީއޯއިން ރާއްޖޭގެ ބާޒާރަށް ނެރެ، ޕްރޮމޯޝަނެއް ފަށައިފިއެވެ.
"ދޮވުނީ ހިކުނީ" ގެ ނަމުގައި، މި ޕްރޮމޯޝަން ކުރިއަށް ދަނީ 22 މޭ އިން ފެށިގެން 22 ޖޫން ގެ ނިޔަލަށެވެ. މެޝިންއާއި އެކު ހިލޭ މައިކްރޯވޭވް އަވަންއެއް ލިބޭއިރު އެސްޓީއޯ ކްރެޑިޓް ސްކީމަށް އަދިއެހެން ސްކީމްތަކަށް ނަންގަވާ ބޭފުޅުންނަށްވެސް މި ޕްރޮމޯޝަންގެ ދަށުން އަވަން ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ދިވެހިންގެ މެދުގައި މަގުބޫލު، އިތުބާރު ލިބިފައިވާ ހިޓާޗީ ދޮންނަ މެޝިނުގެ އާ ހަތަރު މޮޑަލްއެއްގެ މެޝިން، އެސްޓީއޯއިން މި ޕްރޮމޯޝަންގައި ވިއްކައެވެ.
ދިވެހިރާއްޖޭގެ މާޙައުލާ ގުޅޭ މި މޮޑެލްތަކުގެ މެޝިންގައި ހިމެނެނީ ދޮވުމުގެ ގާބިލްކަން 8 ކިލޯއިން ފެށިގެން 10.5 ކިލޯއާ ހަމައަށް އަދި ހިއްކުމުގެ ގާބިލްކަން 5 ކިލޯއިން ފެށިގެން 7 ކިލޯއާ ހަމައަށް ހުންނަ މެޝިން ތަކެކެވެ.
އިތުރަށް ހިއްކަން ނުޖެހި މެޝެނުން ކަބަޑަށްލެވޭވަރަށް ހިއްކާލެވޭ، މި މެޝިންތަކަކީ ގިނަ ބްރޭންޑްތަކުގެ ފުލްޑްރައި މެޝިންތަކާ ބަލާއިރު އަގުގޮތުންވެސް ހެޔޮ މެޝިންތަކެކެވެ.
އެއް އަހަރު ދުވަހުގެ ގެރެންޓީއާއެކު ވިއްކާ މި މެޝިންތަކުގައި ހަކަތަރި ލޭބަލް ޖެހުމަށްވެސް ވަނީ ނިންމާފައެވެ.
އެސްޓީއޯއަކީ އެންމެ ފުރަތަމަ ހަކަތަރި ލޭބަލް ޖެހި އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި ކުންފުންޏެވެ. އެގޮތުން ހިޓާޗީ ބްރޭންޑްގެ އޭސީތަކުގައި ވަނީ ހަކަތަރި ލޭބަލް ޖަހައިގެން ވިއްކަން ފަށާފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި