ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)އިން ވިއްކާ ޕެޓްރޯލާއި ޑީސަލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.
އެންމެފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މަހުގެ އެއްވަނަ ދުވަހުއެވެ. މިއީ ތެލުގެ އަގު ޖެހިޖެހިގެން ހެޔޮކުރި ދެ ވަނަ މަހެވެ.
އަލަށް ގެނައި ބަދަލާ އެކު، ދެ މަސް ދުވަހުން ޕެޓްރޯލް ލިޓަރަހުން ހެޔޮވެފައި ވަނީ އެއް ރުފިޔާ 24 ލާރިއެވެ. އަދި ޑީސަލް ލިޓަރަކުން ދެ މަސް ދުވަސް ތެރޭ ހެޔޮވެފައި ވަނީ އެއް ރުފިޔާ 25 ލާރިއެވެ.
މި މަހު ތެލަށް ގެނައި ބަދަލު އެސްޓީއޯގެ ޓްވީޓުގައި:
https://twitter.com/stoplc/status/1666882873440473089?s=46&t=xapWNGbbfBd0uN9xb5fzNA
މިރޭ 12:00 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ ސްޓޭޝަން ތަކުން ހެޔޮ އަގުގައި ތެޔޮ ލިބޭނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ