ޖަޕާނުގެ މިނިސްޓާ އޮފް ފޮރިން އެފެއާޒް ހަޔާޝީ ޔޮޝިމާސާ، ފޮރިން މިނިސްޓަރު ޝާހިދުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ހަޔާޝީ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ހަލީލެވެ.
ހަޔާޝީގެ މި ދަތުރުފުޅުގައި ރާއްޖެއާއި ޖަޕާނުގެ ސިޔާސީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަޔާޝީ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާވެސް ބައްދަލުކުރައްވާނެއެވެ.
ފޮރިން މިނިސްޓްރީން ބުނީ، ޖަޕާނުގެ ފޮރިން މިނިސްޓަރުގެ މި ދަތުރުގައި ދެ ގައުމު ދެމެދުގައި ވިސާގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އަށް ބޭނުންވާ ފަޔާ ބޯޓާއި އައިސީޓީ އިކުއިޕްމަންޓް ޖޮއިންޓް ހޭންޑްއޯވާ ރަސްމިއްޔާތުގައި ޖަޕާނުގެ މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ޖަޕާން ސަރުކާރުގެ ދީލަތި އެހީގެ ދަށުން އިމާރާތްކުރި ކަލާފާނު ސްކޫލަށާއި، ރާއްޖެއާއި ޖަޕާނާ ދެމެދު އޮންނަ އެކުވެރިކަމާއި އެއްބާރުލުން ރަމްޒުކޮށްދޭ ރާއްޖެ-ޖަޕާން މޮނިއުމެންޓަށް ޖަޕާނުގެ ފޮރިން މިނިސްތަރު ޒިޔާރަތްކުރައްވާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ