މަންމާފުޅުގެ ޖަނާޒާގައި ބައިވެރިވުމުގެ ހުއްދައަށް ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން އެދިވަޑައިގެންފައިނުވާ ކަމަށް ކަރެކްޝަނުން ބުނެފިއެވެ.
ޔާމީންގެ މަންމާފުޅު ފާތިމަތު ހަސަން އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
އެކަމަނާ އަވަހާރާވެފައި ވަނީ އަވަށްޓެރި ސްރީލަންކާގައި، އާލާސްކަފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ.
އަވަހާރާވީ އުމުރުފުޅުން 86 އަހަރު ފުޅުގައެވެ.
ޖަނާޒާގައި ބައިވެރިވެވަޑައިގެންނުވުމުގެ ހުއްދަ އަށް ޔާމިންގެ ފަރާތުން އެދިވަޑައިގެންފައިވާނެތޯ ސުވާލު ކުރުމުން ކަރެކްޝަންގެ އޮފިޝަލަކު ވިދާޅުވީ އަދި މިހާތަނަށް އެދިފައިނުވާ ކަމަށެވެ. އެކަމަކު އާއްމު އުސޫލުގެ ދަށުން ޖަނާޒާގައި ބައިވެރިވުމުގެ ހުއްދަ ޔާމިނަށް ދެއްވާނެ ކަމަށް ވިދާޅުވިއެވެ.
ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޭތުވެދިޔަ ދެމަހެއްހާ ދުވަހު ޔާމީން އެންމެ ބޭނުންފުޅުވެ ވަޑައިގެންނެވީ ޝަރީއަތުގެ މަރުހލާތައް އަވަހަށް ނިންމައި ޖަލު ހުކުމުން މިންޖުވެވަޑައިގެން، މަންމާފުޅުގެ އަރިހަށް ޒިޔާރަތްކޮށް ބައްދަލު ކޮށްލެވޭނެ ގޮތެއްވުން ކަމަށެވެ އެހެންނަމަވެސް، ޝަރުއީ ނިޒާމުގައި ހުރި ލަސްކަމުގެ ސަބަބުން މަންމާފުޅު އަވަހާރަ ވީއިރުވެސް އެ ފުރުސަތު އެމަނިކުފާނަށް ލިބިވަޑައިނުގެންނެވި ކަމަށް ވިދާޅުވިއެވެ.
އެންއައިސީއަށް 4 ބޭފުޅަކު އައްޔަންކުރައްވައިފި
ޖޭއެސްސީގެ މެންބަރުކަމުން ރިޒާ އިސްތިއުފާ ދެއްވައިފި
ގެއްލިގެން ހޯދަމުންދިޔަ ނޭޕާލް އަންހެން މީހާ ފެނިއްޖެ
ގަސްތަކެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ވަގަށް ނެގި ޑޮލަރުތައް ހޯދައިފ
އދގެ ސެކެޓްރީ ޖެނެރަލަކަށް އަންހެނަކު އިންތިޚާބުކުރަން ގޮވާލައިފި
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ