އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުން ކުރިއަށް އޮތް ސީޒަން ފެށުމުގެ ކުރިން އެ ޓީމަށް ކުރިން ކުޅުނު މޭސަން ގްރީންވުޑާ މެދު ގޮތް ނިންމާނެ ކަމަށް ރިޕޯޓްތަކުން ބުނެފިއެވެ.
ޔުނައިޓެޑުގައި ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަނިކޮށް އޭނާ މުއްދަތެއް ނެތްގޮތަށް ސަސްޕެންޑް ކުރީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުއެވެ.
އޭރުގެ ލޯބިވެރިޔާއަށް ގެވެށި އަނިޔާ ދިނުމާއި، ރޭޕް ކުރި ކަމުގެ ތުހުއްމަތުގައި ގްރީންވުޑް ހައްޔަރުކޮށް ދައުވާ ވެސް ވަނީ ކޮށްފައެވެ. އެހެން ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހު އޭނާއާ ދެކޮޅަށް ކުރި ހުރިހާ ދައުވާއެއް ވަނީ އަނބުރާ ކޯޓުން ގެންގޮސްފައެވެ. އެއީ އޭނަގެ ކުރީގެ ލޯބިވެރިޔާ އެގޮތަށް ބޭނުންވެގެން ކަމަށް ކޯޓުން ވަނީ އޭރު ބުނެފައެވެ.
އެހެން ނަމަވެސް މިއަދާ ހަމައަށްވެސް ޔުނައިޓެޑުން އޮތީ ގްރީންވޫޑް އަލުން އަނބުރާ ކުލަބުގެ ސްކޮޑަކަށް ނެގުމާމެދު ގޮތެއް ނުނިންމައެވެ.
ޔުނައިޓެޑުން ކުރިން ބުނީ ގްރީންވުޑުގެ މައްސަލަ ކޯޓުން އަނބުރާ ގެންދިޔަ ނަމަވެސް އެކުލަބުން އަމިއްލައަށް އެކަމުގެ ތަހުގީގެއްކޮށް ގޮތް ނިންމާނެ ކަމަށެވެ. އެއާއެކު އަންނަ ސީޒަން ފެށުމުގެ ކުރިން ކުޅުންތެރިން ރަޖިސްޓްރީ ކުރާއިރު ޔުނައިޓެޑަށް ގްރީންވުޑާމެދު ގޮތް ނިންމަން ޖެހޭނެއެވެ.
ގްރީންވުޑްގެ މައްސަލައިގައި އޭނާ ފުޓުބޯޅައިގެ އެއްވެސް ހަރަކާތަކުން ނުފެންނަތާ ދޮޅު އަހަރުވެފައިވާ އިރު، ޔުނައިޓެޑުން އޭނާ ސްކޮޑަށް ނުނަގައިފި ނަމަ އިޓަލީގެ ޔުވެންޓަސްއިން ވަނީ އޭނާ ހޯދަން މަސައްކަތް ކުރާނެ ކަމަށް ބުނެފައެވެ.
ގްރީންވުޑާއެކު އެއްބަސްވުމަކަށް ޔުވެންޓަސް އައިސްފައިވާ ކަމުގެ އަޑުތައް ވެސް މީގެ ކުރިން އޮތީ ފެތުރިފައެވެ.
ޕްރައިވެޓު ކޯޗަކާއެކު ގްރީންވޫޑް މިފަހުން ރަނގަޅު ތަމްރީންތަކެއް ކުރަމުން އަންނަ އިރު، ޔުނައިޓެޑުން އެމެރިކާގައި ކުރަމުން އަންނަ ޕްރި ސީޒަން ފަރިތަކުރުންތަކުގައި އޭނާ ބައިވެރިކޮށްފައެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ