ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވެސް ކެންޑިޑޭޓަކު ނެރުމަށްޓަކައި ނަންތަކެއް ފޮނުވައި ދެއްވުމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ރައީސް އަދި ކުރީގެ ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް އެމަނިކުފާނު ގެންދަވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
ކްރިމިނަލް ކޯޓުން އެމަނިކުފާނަށް ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވީ ނަމަވެސް އެ މައްސަލަ ހައިކޯޓުގައި އޮތީ މަޑު ޖެހިފައެވެ. އެހެންކަމުން ރައީސް ޔާމީނަށް އިންތިހާބުގައި ކުރިމަތިލެވޭނެ ކަމާއި މެދު ވަނީ ސުވާލު އުފެދިފައެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް މަޖިލިސް މެންބަރަކު "ހަތާވީސް" އަށް ވިދާޅުވީ ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކު ނެރުމަށް ޔާމީން އަންގަވާފައިވާ ކަމަށެވެ. އަދި ލީޑާޝިޕަށް ފެނިވަޑައިގަންނަވާ ނަންތަކެއް ހިއްސާ ކޮށްދެއްވުމަށް އެދިވަޑައިގެންފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ޕީއެންސީ އަކީ ޕީޕީއެމް އާއި އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ސިޔާސީ ޕާޓީއެކެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ