ޑރ. އަފްރާޝީމް އަލީގެ ގާތިލު ހުސައިން ހުމާމް އަހުމަދު މަރަން ކުރި ހުކުމް ރިވިއު ކުރުމުގެ މައްސަލަ ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމައިފި އެވެ.
އޮކްޓޫބަރު 2012 ގައި އަފްރާޝީމަށް ތޫނު އެއްޗަކުން އަނިޔާވެރިކަމާ އެކު ހަމަލާދީ މަރާލި މައްސަލާގައި ހުމާމް މަރަން ކުރި ހުކުމް ސުޕްރީމް ކޯޓުން 2016 ވަނަ އަހަރު ދެމެހެއްޓި އެވެ. ނަމަވެސް ފަހުން އޭނާގެ ފަރާތުން ވަނީ އެ ހުކުމް ރިވިއުކުރަން މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ މައްސަލަ ބަލައިނުގަތުމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ ނިންމީ މިދިޔަ ހަފުތާގަ އެވެ. ނަމަވެސް ނިންމި ސަބަބެއް ނޭނގެ އެވެ.
އަފްރާޝީމް މަރާލި ކަމަށް ކްރިމިނަލް ކޯޓުގައި ހުމާމް ކުރިން އިއުތިރާފްވި އެވެ. ނަމަވެސް އޭނާ ފަހުން ބުނަމުން ގެންދަނީ އޭނާ އެއްބަސްވީ ބިރުދެއްކުމުން ކަމަށާއި އަދި އަފްރާޝީމްގެ މަރާ އޭނާއާ ގުޅުމެއް ނެތް ކަމަށެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ