ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ ފިރިހެން ދަރިފުޅު ފޮޓޯ ޓްވީޓުކޮށް، ބިރު ދެއްކި ކަމުގެ ތުހުމަތުގައި މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރު ކުރީ މިރޭ 10:34 އެހާކަންހާއިރުކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ މީޑިއާ ގްރޫޕުގައި ބުނެފައި ވަނީ އޭނާ ހައްޔަރު ކުރީ އީވާގެ ދަރިފުޅުހުގެ ފޮޓޯ ޓްވިޓާގައި ބޭނުންކޮށްގެން ބިރު ދައްކަމުންދިޔަ ކަމުގެ ތުހުމަތުގައި ކަމަށެވެ.
އެ މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.
އޭނާ ހައްޔަރުކޮށްފައި މި ވަނީ އެ މައްސަލަ ބެލުމަށް އީވާ ޓްވިޓާގައި ގޮވާލެއްވިތާ ނުވަ ދުވަސް ނުވަނީސްއެވެ.
އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ މަހުގެ 23 ވަނަ ދުވަހު އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 18 އަހަރު ނުވާ އޭނާގެ ފިރިހެން ދަރިފުޅާ ދިމާކޮށް، ފުރައްސާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން އޭނާއާ ސިޔާސީ ގޮތުން ދިމާކުރާ މީހުންގެ ވާހަކަ ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ބަޔަކަށް ރައްދު ވެސް ދީފައިނުވާނެ ކަމަށް އިވާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ