ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާގެ ފިރިހެން ދަރިފުޅު ފޮޓޯ ޓްވީޓުކޮށް، ބިރު ދެއްކި ކަމުގެ ތުހުމަތުގައި ރޭ ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރު ކުރީ ރޭ 10:34 އެހާކަންހާއިރުކަމަށް ފުލުހުން ބުންޏެވެ.
ރޭގެ ވަގުތެއްގައި އެމީހާ ވަނީ ފުލުހުން ދޫކޮށްލައިފައެވެ. އޭނާ ބަންދުން ދޫކޮށްލީ އޭނާގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހުގައެވެ.
އެ މައްސަލާގައި ތުހުމަތުގައި ހައްޔަރު ކުރި މީހާގެ ވަނަވަރެއް ފުލުހުން އާންމެއް ނުކުރެއެވެ.
އޭނާ ހައްޔަރުކޮށްފައި މި ވަނީ އެ މައްސަލަ ބެލުމަށް އީވާ ޓްވިޓާގައި ގޮވާލެއްވިތާ ނުވަ ދުވަސް ނުވަނީސްއެވެ.
އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މިދިޔަ މަހުގެ 23 ވަނަ ދުވަހު އީވާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 18 އަހަރު ނުވާ އޭނާގެ ފިރިހެން ދަރިފުޅާ ދިމާކޮށް، ފުރައްސާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މީގެ ކުރިން އޭނާއާ ސިޔާސީ ގޮތުން ދިމާކުރާ މީހުންގެ ވާހަކަ ފުލުހުންނަށް ރިޕޯޓްކޮށްފައި ނުވާނެ ކަމަށާއި އަދި އެފަދަ ބަޔަކަށް ރައްދު ވެސް ދީފައިނުވާނެ ކަމަށް އިވާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ