އިދިކޮޅު ޕީޕީއެމުން ކޮންމެ ކެންޑިޑޭޓަކު ނެރުނު ކަމުގައިވިޔަސް، އެ ޕާޓީގެ ވެރިކަމުގައި ގެންގުޅުނު ސިޔާސަތު އަލުން ގެންގުޅޭނެ ކަމަށް އިޝާރާތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވާހަކަ ދައްކަވައިފިއެވެ.
ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތު "އަޅުގަނޑުމެންނަށް ވަރަށް ސާފު" ކަމަށެވެ.
އެއަށްފަހު، ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ކަންކުރެއްވި ގޮތް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މީޑިއާތަކާއި ނޫސްވެރިން ހައްޔަރުކޮށް، ކުރިމަތިކުރި ފިއްތުންތަކާއި ޖޫރިމަނާތަކުގެ ވާހަކަތައް ވިދާޅުވުމަށްފަހު، ރައީސް ވިދާޅުވީ މި ވެރިކަމުގައި ނޫސްވެރިއަކާ ސުވާލުކޮށްލަން ވެސް ބަންދުގައި ބަހައްޓާފައި ވެސް ނުވާނެ ކަމަށެވެ.
އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ، މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މާލެއަށް މީހުން ޖަމާކޮށް، އެއް ބާރުން، އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވައި ބާރުތައް ޖަމާކުރުމަށް ޕީޕީއެމުން ގެންގުޅޭ ސިޔާސަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ޕާޓީގެ ސިޔާސަތަކީ މުޅި ރާއްޖޭގެ ސިފަ ނައްތާލުން ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން ވިސްނާ ވަޑައިގެން 9 ސެޕްޓެމްބަރު ތިބޭފުޅުން މިހާރު ޓެސްޓުކޮށް ނިންމާފައި މި އޮތް ސަރުކާރަށް ވޯޓު ދެއްވާށޭ. މި ބޮޑު ތިލަދުންމައްޗަށް ދެން ވެސް ބޮޑު ބަދަލު ގެންނާނީ އަޅުގަނޑުމެން،" ޝާހިދު ވިދާޅުވިއެވެ.
ހަނިމާދޫއަށް ވެވަޑައިގެންނެވި ވައުދުތައް:
- ހަނިމާދޫގެ ނުހެދިހުރި ހުރިހާ މަގެއް ހަދައިދޭނަން
- ސްޕޯޓްސް ކޮންޕްލެކްސްއެއް އަޅައިދޭނަން
- ޒަމާނީ ފެންވަރުގެ ދަނޑަކަށް ފުޓްބޯޅަ ބަދަލުކޮށްލަދޭނަން
- ހުއްޓިފައިވާ މަޝްރޫއާ ގުޅިގެން، ހައުސިން ޔުނިޓް އެޅުމަށް އަލުން އިއުލާންކުރުން
ހުޅުދޫ އާއި މީދޫ ބޭނުންވަނީ ވަކި ކައުންސިލެއް، ފޭދޫ އެގޮތެއް ނޭދޭ
އައްޑޫ ވޯޓު: ފޯރިއެއް ނެތް، މިހާތަނަށް ވޯޓުލީ 3،410 މީހުން
ރާއްޖޭގައި އުޅޭ ނޭޕާލްގެ ޒުވާން އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
ޔޯގާ ސްޓޫޑިއޯ ހުޅުވި މައްސަލަ: ދެ މިނިސްޓަރުން މަޖިލީހަށް ހާޒިރުކުރަނީ
ސިނގިރޭޓް ވައްކަން: އިދާރާއަކުން ނަގާނެ އެއްވެސް ޒިންމާއެއް ނެތް
ނިޔާޒު އިސްތިއުފާ ދެއްވުމުން އެ މަގާމަށް، ޔަޒްމީދު އިންތިހާބުކޮށްފި