ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ޓިކެޓަށް ވާދަ ކުރެއްވުމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ނިންމަވައިފިކަން "ހަތާވީސް" އަށް ކަށަވަރުވެއްޖެއެވެ.
ޕީއެންސީ އަކީ ޕީޕީއެމްއާ އެއް ލީޑާޝިޕެއްގެ ދަށުން ހިންގަމުން އަންނަ ޕާޓީއެކެވެ. އެޕާޓީގެ ރައީސަކީ މިވަގުތު އިދިކޮޅު ލީޑާޝިޕް ލީޑު ކުރައްވަމުން އަންނަ އަބްދުއްރަހީމް (އަދުރޭ) އެވެ.
ޕީއެންސީން ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރުމަށް ނިންމީ އިދިކޮޅު ލީޑަރު ޔާމީންގެ އެދިލެއްވުމަކަށެވެ.
ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވާފައިވާ ކެންޑިޑޭޓު ކަމަށްވީ ނަމަވެސް ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ އެމަނިކުފާނު އަންނަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.
އިއްޔެ ޕީޕީއެމް އިން ޔާމީންގެ ކެންޑިޑޭސީ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް އިލެކްޝަނުން ވަނީ ޔާމީންގެ ކެންޑިޑޭސީ ބަލައިނުގަތުމަށް ނިންމައިފައެވެ.
އެހެންކަމުން ބެކަޕް ޕްލޭނަކަށް އޮތް ޕީއެންސީން ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ފެށިއެވެ. އަދި އެޕާޓީން ވާދަ ކުރާނެ ކެންޑިޑޭޓެއްގެ ނަންތައް ދެއްވުމަށް ޔާމީނަށް ތިން ފަހަރެއްގެ މަތީން ހުށަހެޅިއެވެ. އެކަމަށް ޔާމީން އިޖާބަ ނުދެއްވާ ދޫކޮށްލީ ޕާޓީގެ ސެނެޓުން ގޮތެއް ނިންމުމަށެވެ.
މިހާތަނަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރެއްވުމުގެ ޝައުގުވެރިކަން އާދަމް ޝަރީފް ފާޅު ކުރައްވާފައިވާކަން ޔަގީންވެފައިވީ ނަމަވެސް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެ ޓިކެޓަށް ޝައުގުވެރިކަން ފާޅު ކުރައްވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް މި ދެބޭފުޅުން [އާދަމް ޝަރީފް އަދި ޑރ. މުއިއްޒު] އަށް މިކަމުގައި ގުޅުމުން ވަކި އެއްޗެއް ހާމައެއް ނުކުރެއެވެ.
މި ދެބޭފުޅުންނަކީ ވެސް ރައީސް ޔާމީން ސަރުކާރުގެ ދެ ވަޒީރުންނެވެ. އެގޮތުން މުއިއްޒަކީ އޭރުގެ ހައުސިން މިނިސްޓަރެވެ. އާދަމް ޝަރީފަކީ ކުރީގެ ޑިފެންސް މިނިސްޓަރެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީގެ ޓިކެޓަށް ތ. ގުރައިދޫ ދާއިރާގެ މެންބަރު އަދި ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން މައުމޫން ވެސް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފައެވެ. ގައްސާނަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުންނެވެ.
މި ބޭފުޅުން ޝައުގުވެރިކަން ފާޅު ކުރެއްވި ނަމަވެސް މިކަމުގައި ގޮތެއް ނިންމާނީ މާދަމާ ހެނދުނު އޮންނަ އިދިކޮޅުގެ ސެނެޓުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މިފަހަރު މީ ޕީޕީއެމްގެ ފަހަރެއް.
ވޭލް