ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ފަރާތުން ވާދަ ކުރައްވާ އިލްޔާސް ލަބީބާއި އެމްއާރްއެމްގެ ފަރާތުން ވާދަ ކުރައްވާ ފާރިސް މައުމޫންގެ އިންތިހާބީ އެޖެންޓުން ކަނޑައަޅައިފިއެވެ.
އެގޮތުން ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ވަނީ އޭނާގެ އިންތިހާބީ އެޖެންޓަކަށް ފާތިމަތު ނިއުމާ ހަމަޖައްސައިފައެވެ. ފާރިސްގެ އެޖެންޓަކަށް ކަނޑައަޅާފައި ވަނީ އިސްމާއީލް ޒަބީން އެވެ.
މި ދެބޭފުޅުންނަކީ ވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި މީގެކުރިން ތިއްބެވި ދެ ބޭފުޅުންނެވެ.
އެގޮތުން ނިއުމާ އަކީ ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. ޒަބީން އަކީ ހަޔާ އެޑިއުކޭޝަންގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި ބޭފުޅެކެވެ.
މި ބޭފުޅުންގެ ތެރެއިން ނިއުމާ ސަރުކާރުގެ ސިޔާސީ މަގާމުން އިސްތިއުފާ ދެއްވީ އަމިއްލަފުޅަށެވެ. ނަމަވެސް ސަރުކާރުން ޒަބީން މަގާމުން ވަކިކުރީއެވެ.
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ