ރިޔާސީ އިންތިހާބުގައި އެމްއެންޕީގެ ފަރާތުން ވާދަކުރައްވާ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ގެ ރަނިން މޭޓަކަށް އައްޑޫ ސިޓީ ހިތަދޫ ޑރ އަހުމަދު އަދީލް ހަމަޖައްސައިފިއެވެ.
އެކަން ރަސްމީކޮށް އިއުލާންކުރާނީ އެ ޕާޓީން މިރޭ ބާއްވާ ޖަލްސާގައެވެ.
ތަޢުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަދީލް އަކީ ހިތަދޫ ޝަރަފުއްދީން ސްކޫލުގެ ޕްރިންސިޕަލްގެ މަގާމު މީގެ ކުރިން އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އަލް މަދަރުސަތުލް އިސްލާމިއްޔާ ސްކޫލާއި ސ. އަތޮޅު މަދަރުސާގައި ޓީޗަރެއްގެ ވަޒީފާ އަދާކުރެއްވި އަދީލް ބެޗްލާސް އޮފް އެޑިއުކޭޝަން ހާސިލްކުރެއްވީ ސްރީލަންކާއިންނެވެ.
މި ވަގުތު ހިތަދޫ މެދުވަލު ސްކޫލުގެ ހެޑް އޮފްދަ ސްކޫލުގެ މަގާމާއި އައްޑޫ ހައި ސްކޫލުގެ އިނގިރޭސި ޓީޗަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ އަދީލް މާސްޓާސް އޮފް އެޑިއުކޭޝަނަލް މެނޭޖްމެންޓް ހެއްދެވީ މެލޭޝިޔާގެ ޔުނިވާސީޓީ އޮފް މެލަޔާއިންނެވެ. ޑޮކްޓާ އޮފް ފިލިސޮފީ ހެއްދެވީ ބުރުނާއިގެ ދާރުއްސަލާމް އިންނެވެ.
އޭނާ އަކީ ސުޕަލިންކް ޕްރައިވެޓް ލިމިޓެޑާއި މެދެވައު ޕްރައިވެޓް ލިމިޓެޑް އުފާކާރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ. 2019 ވަނަ އަހަރުގެ މަޖިލީސް އިންތިހާބުގައި ހިތަދޫ ދެކުނު ދާއިރާއަށް އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައިވެސް އަދީލް ވާދަކުރެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ