ތިލަމާލެ ބްރިޖު ހެދުމަށް ފަޅުގެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތްކުރުމަށް ބޭނުން ކުރާ "މަހަރާޖާ" ނަމަކަށް ކިޔައި ޕްލެޓްފޯމް ރާއްޖެ ގެނެސް، އިއްޔެ ބޭނުންކުރަން ފަށައިފި އެވެ.
މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ބްރިޖުގެ ޕައިލިން މަސައްކަތްކުރަނީ މައިގަނޑު ހަތަރު ބަޔަކަށް ބަހާލައިގެންނެވެ. އެއީ އެއްގަމާއި މޫދުގެ ތިލަ ހިސާބުތަކާއި ފަޅުގެ ފުން ހިސާބުތަކާ އަދި ކަނޑުގެ އެންމެ ފުން ހިސާބުތަކުގައި އެކި ގޮތްގޮތަށެވެ.
އެގޮތުން ބްރިޖުގެ އެންމެ ފުން ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ކުރިން ބޭނުންކުރީ، މި މަޝްރޫއުގައި ބޭނުންކުރާ އެންމެ ބޮޑު ފްލޯޓިން ޕްލެޓްފޯމް "ރުމައިލާ" އެވެ. މި ޕްލެޓްފޯމް މިހާރުވެސް ދަނީ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުންނެވެ. މޫދުގެ ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ބޭނުންކުރީ "މަހަރާނީ" ކިޔާ ޕްލެޓްފޯމެކެވެ. މޫދުގެ ތިލަ ހިސާބުތަކުގައި ޕައިލިންގެ މަސައްކަތަށް ބޭނުންކުރީ "މަހަރާނީ" ކިޔާ ޕްލެޓްފޯމެކެވެ.
މީގެ އިތުރުން އިއްޔެ ވަނީ ފަޅުގެ ތިލަ ހިސާބުތަކަށް ބޭނުންވާ ޕައިލިންގް މަސައްކަތް ކުރާ ޕްލެޓްފޯމް ގެނެސް އޮޕަރޭޓް ކުރަން ފަށައިފައެވެ. މާލެ އާއި ވިލިމާލެއާ ދެމެދު ކުރަން ޖެހޭ 24 ޕައިލެއްގެ މަސައްކަތަށް މި ޖެކް އަޕް (ޕްލެޓްފޯމް) ބޭނުންކުރާނެއެވެ. އޭގެ ބަރުދަނުގައި 650 ޓަނު ހުންނައިރު، 350 ޓަނުގެ ބަރު އެއްޗެހި އޭގެން އުފުލޭނެ އެވެ.
މަހާރާޖާ އިއްޔެ ޑިޕްލޯއި ކުރި އިރު އެންމެ ފުނުގައި މަސައްކަތް ކުރުމަށް، ނުވަތަ ޑީޕް ސީ ޕައިލިންއަށް އިތުރު ޕްލެޓްފޯމެއް ވަރަށް އަވަހަށް ރާއްޖެ ގެންނާނެ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ