މާލެއާއި ހުޅުމާލެ ގުޅޭ ހައިވޭއަށް ވަރަށް ބޮޑަށް އުދަ އަރައި، އެކްސިޑެންޓްތައް ހިނގަން ފަށައިފިއެވެ.
މިއަދުގެ މެންދުރުން ފެށިގެން މާލެއާއެކު ރާއްޖޭގެ ގިނަ ހިސާބަކަށް ދަނީ އުދަ އަރަމުންނެވެ.
އެގޮތުން މެޓު އޮފީހުން މިއަދު އުދައަރާނެ ކަމަށް ލަފާކޮށް ކ އަތޮޅުން ފެށިގެން ސ އަތޮޅާއި ދެމެދުގެ ރަށްތަކަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ މިއަދުގެ ހަވީރު 3:30 އިން މިއަދުގެ 6:30 އާއި ދެމެދުގެ ވަގުތުތަކަށެވެ.
އުދަ އަރާނެ ކަމަށް ލަފާކޮށް ރާއްޖޭގެ 14 އަތޮޅަކަށް ހުދ ސަމާލު ނެރެފައިވާއިރު އިއްޔެއާއި މިއަދު މާލެއަށްވެސް ވަރަށް ބޮޑަށް އުދަ އަރާފައިވެއެވެ. އެގޮތުން ރާޅުގަނޑު ސަރަހައްދުން ފެށިގެން ކިންގް ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދަށް ވަރަށް ބޮޑަށް އުަދަ އަރާފައިވެއެވެ.
އަދި ބްރިޖު ހައިވޭއަށް ވަރަށް ބޮޑަށް އުދައަރައި، އެ ސަރަހައްދުގައި ވަޅުލަން ގެންގުޅޭ ކޭބަލްތައް ވެސް ހައިވޭ މަތީ ދުވާ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު އާއްމުވެފައިވާ އިރު، ހައިވޭގައި އެކްސިޑެންޓްތަކެއް ވެސް ވަނީ މިހާތަނަށް ހިނގައިފައެވެ.
ހަައިވޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ފުލުހުން ނުކުމެ މަސައްކަތް ކުރަމުން އަންނަ އިރު، އެ އުދައިގެ އަސަރު ހެންވޭރުކޮޅުން މަޖީދީ މަގުން ހެންވޭރު ބޯޅަދަނޑާއި ހަމައަށްވެސް ވަނީ ކޮށްފައެވެ. އެ ހިސާބު އެއްކޮށް އޮތީ ފެންބޮޑުވެ، ވެހިކަލްތަކަށް ދުއްވަން އުނދަގޫ ހާލަތެއްގައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ