ކުރީގެ ރައީސް އަދި ޕީޕީއެމްގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ރަނިންމޭޓަކަށް ހަމަޖައްސައި ވާހަކަ ރައީސް ވަހީދު ދޮގު ކުރައްވައިފިއެވެ.
ރިޔާސީ އިންތިހާބާއި ގުޅިގެން ޕީޕީއެމްގެ ތެރޭގައި މިވަގުތު ވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއް އުފެދިފައެވެ.
އެއީ ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނަށް ކުރިމަތިނުލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެންނެވެ. އަދި ޔާމީންގެ އެދިލެއްވުމަށް ޕީއެންސީން ރިޔާސީ ކެންޑިޑޭޓަކަށް ޑރ. މުހައްމަދު މުއިއްޒު ހަމަޖެެއްސިއިރު ޔާމީން ވަނީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އީސީން ނިންމި ނިންމުން ސުޕްރީމް ކޯޓަށް ހުށަހަޅައިފައެވެ.
އެ ހުށަހެޅުމުގައި ޔާމީނަށް ވާދަ ކުރުމުގެ ފުރުސަތު ނެތް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ނަމަ، ޕީޕީއެމްގެ ޓިކެޓުގައި އިތުރު ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމަށް އެދިފައިވެއެވެ.
އެ މައްސަލާގައި ޕީޕީއެމް/ޕީއެންސީގެ މެންބަރުންގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ރައްދު ކުރަމުންނެވެ. އަދި މީޑިއާތަކުގައި ވެސް ތަފާތު ވާހަކަތައް އަންނަނީ ދެކެވެމުންނެވެ.
އެގޮތުން އެއް ވާހަކައަކީ ގާސިމްގެ ރަނިންމޭޓު ކަމަށް ޑރ. ވަހީދު ހަމަޖައްސައި ވާހަކައެވެ. ނަމަވެސް ރައީސް ވަހީދު ކުރެއްވި ޓްވީޓެއްގައި މިރޭ ވިދާޅުވީ އެއީ އެއްވެސް އަސާސެއް އެކުލެވޭ ވާހަކަތަކެއް ނޫން ކަމަށެވެ.
ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުއިއްޒު މިއަދު ވަނީ އެމަނިކުފާނުގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހަމަޖައްސަވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ