އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެނޑިޑެސީ ފޯމު މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވައިފިއެވެ.
އީސީގެ އިންތިހާބީ މަރުކަޒު ހުންނަ ދަރުބާރުގެއަށް ފޯމު ހުށަހެޅުއްވީ، ރައީސްގެ އިންތިހާބީ އޭޖެންޓު އަދި ކެމްޕޭން މެނޭޖަރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ. ފޯމް ހުށަހެޅުމަށް އެމްޑީޕީގެ އިސްވެރިންނާއި ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. ރައީސް ސޯލިހުގެ ރަނިން މޭޓަކަށް ހަމަޖައްސާފައިވަނީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
ރައީސަށް އެމްޑީޕީގެ ޓިކެޓް މި އަހަރު ޖެނުއަރީ މަހު އަރުވާފައިވާއިރު އެމަނިކުފާނު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައެވެ. ޕްރައިމަރީން ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން ނަޝީދު ވަނީ އެމްޑީޕީގެ ތެރެއިން ވަކި ފެކްޝަނެއް އުފައްދާ ފަހުން އެ ފެކްޝަން ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައެވެ.
ވާދަވެރިވާނެ ކަމަށް ބެލެވޭ މި އިންތިހާބުގައި އެމްޑިޕީން ނިކުންނަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަން ގައި ހިމެނެނީ އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އިންތިހާބުގައި އެ ކޯލިޝަންގެ އިތުރުން ޖުމްހޫރީ ޕާޓީ، ދަ ޑިމޮކްރެޓްސް، ޕީޕީއެމް، އެމްއެންޕީގެ އިތުރުން އަމިއްލަ ގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނު ވާދަކުރައްވައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި