ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިސްކޮށް ހުންނަވާ އުފެއްދެއްވި ދަ ޑިމޮކްރެޓްސްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ރަނިން މޭޓަކަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ހަމަޖައްސައިފިއެވެ.
ރަނިން މޭޓަކަށް އަމްރު ހަމަޖައްސާފައިމިވަނީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ރަނިން މޭޓަކަށް ހަމަޖެއްސުމުގެ އަޑުތަކެއްވެސް ފެތުރިފައިވަނިކޮށެވެ. އަމްރު، ރަނިން މޭޓަކަށް ހަމަޖެއްސިކަން ރަސްމީކޮށް އިއުލާންކޮށްފައިމިވަނީ ކެނޑިޑެސީ ފޯމް ހުށަހެޅުމަށް ޑިމޮކްރެޓުން ދައުވަތު ދިން މެސެޖްގައެވެ. އިންތިހާބަށް ކުރިމަތިލައްވާ ކެނޑިޑޭޓުން ފޯމް ހުށަހެޅުމުގެ މުއްދަތު މާދަމާ އަށް ހަމަވާއިރު ޑިމްކޮރެޓުން ބުނީ އެ ޕާޓީގެ ފަރާތުން ކުރިމަތިލައްވާ އިލްޔާސް ލަބީބްގެ ފޯމް ހުށަހަޅާނީ މިއަދު އެކެއް ޖަހާއިރު ކަމަށެވެ.
ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ތެރެއިން އުފެދުނު "ފިކުރެއްގެ ދިރުން" ފެކްޝަނުން އުފެދުނު ސިޔާސީ ޕާޓީއެކެވެ. އިންތިހާބުގައި އެކުގައި މަސައްކަތްކުރުމާއި ގުޅޭ ގޮތުން އެ ޕާޓީން ވަނީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީއާވެސް އެކި ފަހަރު މަތިން މަޝްވަރާތަކެއް ކޮށްފައެވެ. އެކަމަކު އެ މަޝްވަރާ ބައްދަލުވުންތަކުން އަދި މިހާތަނަށް އެންމެ އެކަށީގެންވާ ނަތިއްޖާތަކެއް ނެރެވިފައެއް ނުވެއެވެ.
ކޮމަން ކެނޑިޑޭޓަކު ނެރެން ޑިމޮކްރެޓުންނާއި، ޖޭޕީއާ އެމްއެންޕީއެކު މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުނެވެ. ތިން ޕާޓީން އެގޮތަށް އެއްބަސްވެ ޕީޕީއެމްއަށް ހުށަހެޅި ނަމަވެސް އެ ޕާޓީން އެގޮތަށް ބޭނުންނުވާތީވެ ތިން ޕާޓީންވެސް ވަކިން ވާދަކުރަން ނިންމީއެވެ.
މިވަގުތު ހުރިހާ ޕާޓީއެއް ކަހަލަ ގޮތަކަށް ނެރޭނެ ކެނޑިޑޭޓުން ކަނޑައަޅައިފިވީ ނަމަވެސް ޕީޕީއެމުން އަދި ގޮތެއް ނުނިންމައެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް އީސީން ނިންމި ނިންމުން ރަނގަޅު ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފައިވާއިރު އެ ޕާޓީން ދެން ކަންތައް ކުރާނެ ގޮތެއް މިއަދު ނޫނީ މާދަމާ އިއުލާން ކުރެވޭނެ ކަމަށް ބެލެވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ