ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ޕީޕީއެމްގެ ފަރާތުން ޓިކެޓު ހަވާލު ކޮށްފައިވާ އެޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާއި ގުޅިގެން އިންތިހާބު ބޮއިކޮޓު ކުރުމަށް ރައީސް ޔާމީން އެދިވަޑައިގެންފިއެވެ.
"ހަތާވީސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޔާމީން ވަނީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ނިގުޅައިގެންފައިވާ ކަމަށް ޕާޓީގެ ސެނެޓަށް ގަބޫލު ކުރެވޭ ނަމަ އިންތިހާބު ބޮއިކޮޓު ކުރުމަށް އެދިވަޑައިގެންފައެވެ.
އެކަމާއި ގުޅޭ ގޮތުން ގޮތެއް ނިންމުމަށް ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ ބައްދަލުވުމެއް ވަނީ މިހާރު ފަށައިފައެވެ.
ޔާމީން އެފަދައިން އެދިވަޑައިގެންނެވިއިރު އެމަނިކުފާނު އެދިވަޑައިގެން ޕީއެންސީން ވަނީ ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅައިފައެވެ. އެއީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. މުއިއްޒު ވަނީ އެމަނިކުފާނުގެ ރަނިންމޭޓު ކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ހަމަޖައްސަވައިފައެވެ.
އެހެންކަމުން ސެނެޓުގެ ބައެއް މެންބަރުން ވަނީ ޔާމީންގެ އެ ނޯޓުގެ ސައްހަކަމާއި މެދު ސުވާލު އުފައްދަމުންނެވެ. އެކަމަކު ޔާމީންގެ ދަރިކަލުން ޒެއިން ވަނީ އެ ނޯޓުގެ ސައްހަކަން ސެނެޓަރުންނަށް ކަށަވަރު ކޮށްދެއްވައިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ