އަންނަ ރިޔާސީ އިންތިޚާބު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޮއިކޮޓު ކުރަން ކުރީގެ ރައީސް ޔާމީން ބޭނުންފުޅުވި ނަމަވެސް، އެކަން އެ ގޮތަށް ނުކުރަން ދެ ޕާޓީގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުން ބަލައިނުގަންނަވާ ކަން އަންގަވައިފި އެވެ.
ޔާމިނަށް އިންތިހާބުގައި ވާދަކުރަން ޝަރުތު ހަމަނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ގާނޫނާ އެއްގޮތަށް ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމާއެކު އެމަނިކުފާނު ޕާޓީގެ ލީޑާޝިޕަށް މިއަދު ފޮނުވި މެސެޖުގައި އެދިވަޑައިގެންނެވީ އިންތިހާބު ބޮއިކޮޓް ކުރުމަށެވެ.
"އަޅުގަނޑުގެ އިންތިހާބު ހައްގުތައް ގެއްލުވާލުމާ ގުޅިގެން އަޅުގަނޑަށް ތާއިދުކުރާ އެއްވެސް ބޭފުޅަކު ވޯޓްނުލާ މި އިންތިހާބު ބޮއެކޮޓްކުރަން ގޮވާލަން" ޔާމީން ފޮނުއްވި މެސެޖުގައި ވިދާޅުވިއެވެ.
އެ މެސެޖަށް ގޮތެއް ނިންމަން މިއަދު ޕީޕިއެމް އޮފީހުގައި ތިން ގަޑިއިރަށްވުރެ ގިނަ އިރުވަންދެން ކުރިއަށް ދިޔަ ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމުގައި އިންތިހާބު ބޮއިކޮޓްކުރަން ފެންނަ ކަމަށް ވޯޓު ދިނީ 46 ސެނެޓަރުންނެވެ. އަދި އިންތިހާބު ބޮއިކޮޓް ކުރުމާއި ދެކޮޅަށް ވޯޓު ދެއްވީ 67 މެމްބަރުންނެވެ. އެ ބައްދަލުވުން ހޫނުވެ އެއް ސެނެޓަރަކު އަނެއް ސެނެޓަރަށް ބަހުގެ ހަމަލާތައްވެސް ފޮނުވިއެވެ.
އެކަމަކު ސެނެޓުގެ ނިންމުން ބަލައިނުގަންނަވާކަން، ޔާމީން އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ފޮނުއްވި ނޯޓިސްއެއްގައި ވިދާޅުވެފައިވާ ކަން އެނގިފައި ވެ އެވެ.
ސެނެޓުގެ ނިންމުން ބަލައިނުގަންނަވާ ކަން އެންގެވުމާ އެކު، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަޝިޕްގެ ބައްދަލުވުމެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ