ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ އިންތިހާބީ މައި މަރުކަޒަށް ވަޑައިގެން މުއިއްޒު ފޯމު ހުށަހެޅުއްވިއިރު އަރިހުގައި ރަނިންމޭޓު ހުސައިން މުހައްމަދު ލަތީފު އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) އަދި ޕީޕީއެމްގެ އެސްޖީ ތޮލާލު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީއެންސީން ކެންޑިޑޭޓު ނެރުމަށް ލަފާ ދެއްވީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީނެވެ. ޕީއެންސީ އަކީ ޕީޕީއެމްއާ އެއް ލީޑާޝިޕެއްގައި މަސައްކަތް ކުރަމުން އަންނަ ވަކި ސިޔާސީ ޕާޓީއެކެވެ.
ޕީއެންސީން ކެންޑިޑޭޓަކު ނެރުމަށް ޔާމީން އެދިވަޑައިގަތުމުން ޕީޕީއެމްގެ ނާއިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ވަނީ ޕީއެންސީގެ ޓިކެޓު ހޯދުމަށް ޕީއެންސީ އަށް ސޮއި ކުރައްވާފައެވެ. ވަގުތު ނެތުމުން ކެންޑިޑޭޓަކު އިހްތިޔާރު ކުރީ ޕީއެންސީގެ ސެނެޓު މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުންނެވެ.
މުއިއްޒު އާއި ވާދަ ކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ. ދެ ވޯޓުގެ ތަފާތުން މުއިއްޒު ޕީއެންސީގެ ޓިކެޓު ހޯއްދެވި ނަމަވެސް ފާއިތުވި ދެތިން ދުވަހު ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ވަނީ ކޯޅުން ބޮޑުވެފައެވެ.
އެއީ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު އަދި ކުރީގެ ރައީސް ޔާމީނަށް އިލެކްޝަންސް އިން އެންގުމުން އެމަނިކުފާނު ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާއި ގުޅިގެންނެވެ. އެ މައްސަލާގައި ޔާމީން ވަނީ އެމަނިކުފާނަށް ވާދަ ނުކުރެވޭ ހާލަތެއް ކުރިމަތިމެއްޖެކަން ސުޕްރީމް ކޯޓުން ނިންމައިފި ނަމަ، ޕީޕީއެމް އަށް އިތުރު ކެންޑިޑޭޓަކު ނެރުމަށް ފުރުސަތު ދިނުމަށް އީސީގެ މައްޗަށް އަމުރުކޮށްދޭން އެދިފައެވެ.
އަދި އިއްޔެ ސުޕްރީމް ކޯޓުން ވަނީ ޔާމީނަށް އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަނުން ނިންމީ ރަނގަޅަށް ކަމަށް ކަނޑައަޅައިފައެވެ. އެހެންކަމުން ޔާމީން އެދިވަޑައިގަތީ އިންތިހާބު ބޮއިކޮޓު ކުރުމަށެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ސެނެޓުގެ އަގުލަބިއްޔަތުން ނިންމީ އިންތިހާބު ބޮއިކޮޓު ނުކުރުމަށެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ