ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދ. މީދޫ އަށް ވަޑައިގެންފިއެވެ.
މީދޫ އަކީ އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދާފައިވާ އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު ރައްޔިތުން މަޖިލީހުގައި ތަމްސީލު ކުރައްވާ ދާއިރާއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ ރަނިންމޭޓު މުހައްމަދު އަސްލަމް ވެސް ބައިވެރިވެވަޑައިގަންނަވައެވެ.
މީދޫ އަށް ރައީސް ވަޑައިގެންނެވިއިރު އިއްޔެ އެމަނިކުފާނު ވަނީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ފޯމު ވެސް ހުށަހަޅުއްވަފައެވެ. އަދި އިލެކްޝަންސް އިން ވަނީ ރައީސް ސޯލިހު އިންތިހާބުގައި ވާދަ ކުރެއްވުމަށް ޝަރުތު ފުރިހަމަވާ ކަމަށް ނިންމައިފައެވެ.
ދ. މީދޫ އަށް ރައީސް ވަޑައިގެންނެވިއިރު ދާދިފަހުން އެމަނިކުފާނު ވަނީ ފުވައްމުލަކު ސިޓީ އާއި ހއ. އަދި ހދ. ގެ ބައެއް ރަށްތަކަށް ވަޑައިގެންފައެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި