ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ކުރީގެ ރައީސް ޔާމީން ޖަލުން ގެއަށް ބަދަލުކުރުން ކަމަށް ޕީއެންސީގެ ކެންޑިޑޭޓް އަދި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.
ޕީޕީއެމް-ޕީއެންސީގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި މުއިއްޒު ވިދާޅުވީ ރައީސް ކަމަށް ވަޑައިގަންނަވާ ދުވަހު އެންމެ ފުރަތަމަ ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުން ކަމަށެވެ.
“އެންމެ ފުރަތަމަ ކަމަކަށް ވެސް އަޅުގަނޑު ފުރަތަމަ ގެންނާނަން. މާނައަކީ އިއްޔެ ފެށި މަސައްކަތް އިތުރަށް ގިއަރު މަތިކުރަމުން ގޮސް، ކާމިޔާބުކޮށް އެ މަނިކުފާނު މިނިވަން ކުރާނަމޭ” މުއިއްޒު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މުއިއްޒު އެހެން ވިދާޅުވާ ވީޑިއޯތައް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމްތަކާއި އެ ހުކުމާ އެކު އޮތް ޖޫރިމަނާގެ ސަބަބުން ޔާމީނަށް ވަނީ އަންނަ މަހުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިފަ އެވެ.
އެއީ ރައީސްކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ދެ ޝަރުތެއް އުނިވެފައި ވާތީ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިއްޔެ އެދުނީ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް އިސްތިއުނާފް ނިމެންދެން ފަސްކުރުމުގެ އަމުރަކަށެވެ. އެ އަމުރު ނެރެދީފިނަމަ އިސްތިއުނާފް ނިމެންދެން ވަގުތީ ގޮތުން ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ އެވެ.
މިގޮތަށް ޔާމީން އެދިވަޑައިގަތްއިރު އެމަނިކުފާނުގެ ކިބައިން ޖޫރިމަނާގެ ފައިސާ ހޯދަން ދައުލަތުން އިއްޔެ ވަނީ ސިވިލް ކޯޓަށް މައްސަލަ ވައްދައިފަ އެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޢެހެންވީމަ ފުރަތަމަވެސް ޝަރުޢީ ދާއިރާއަށް އަތްބާނަން ދޮތަ ތިޔަ ޤަސްދުކުރަނީ
ދޮންކަތްދަ