ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރި މައްސަލާގައި އަނެއްކާވެސް ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަން ހައްޔަރު ކުރިއެވެ. އެއީ މިދިޔަ މަހުގެ 20ވަނަ ދުވަހުއެވެ.
ގްރީން ޒޯން ނުވަތަ އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ މައިދާނުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީޕީއެމް އިން ބުނީ އެއީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި މަޑުޖައްސަލާފައި އޮތުމުން ކުރި އިހުތިޖާޖެކެވެ.
އެ ބޭފުޅުން ހައްޔަރުކުރި ނަމަވެސް ތަހުގީގަށް ހާޒިރުވުމަށް އެންގުމަށްފަހު ދޫކޮށްލެވިއެވެ. މީގެކުރިން އެ ބޭފުޅުން ވަނީ ފުލުހުންގެ އިދާރާ އަށް އެއް ފަހަރު ހާޒިރު ކޮށްފައެވެ. އަދި ތިން ތުހުމަތެއް އެބޭފުޅުންގެ މައްޗަށް ކުރިއެވެ.
އެއީ ފުލުހުންނަށް ނުކިޔަމަންތެރިވުމާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމާއި އަދި ގްރީން ޒޯނުގައި މުޒާހަރާ ކުރުމުގެ ތުހުމަތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ