ގދ. މަޑަވެލީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިނު ޖަލްސާ އަށް ތައްޔާރު ކޮށްފައި ހުރި އެމްޑީޕީ ހަރުގޭގައި ހުޅުޖަހައި ރޯކޮށްލީ އިންތިހާބުގެ ފޯކަސް ގެއްލުވާލަން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
އަލިފާނުގެ ހާދިސާގެ ސަބަބުން ހަރުގޭގައި ޖަހާފައިވާ ބައެއް ގޮނޑިތައް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
އަދި ހަރުގެ ހިޔާ ކޮށްފައިވާ ތަކެއްޗަށް ވެސް ގެއްލުން ލިބި ހަރުގޭގައިވާ ރައީސްގެ ކެމްޕެއިން ޕޯސްޓަރަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.
އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ސިފަކުރެއްވި ގޮތުގައި ހުޅުޖެހި ހާދިސާ އަކީ ހިތާމަވެރި ހާދިސާއެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވާދަވެރި ކެނޑިޑޭޓުން ކެމްޕޭނުކުރަމުންދާއިރު އެފަދަ ކަންތައްތަކަކީ މީގެ ކުރިންވެސް ފެނިފައިވާ ކަންތައްތައް ކަމަށާއި އެކަން ކުރުމުގެ މަގްސަދަކީ އިންތިހާބުގެ "ފޯކަސް" ގެއްލުވާލުން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ގައުމު ހަމަނުޖެހެމުގެ ތެރެއަށް ވައްޓާލުން ކަމަށްވެސް ވިދާޅުވިއެވެ.
"މީއިން ދެހާވަ އެއްކަމަކީ އަޅުގަނޑުމެން މިކުރާ ކެމްޕޭނުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބު ބޮޑު ތަނުން ކާމިޔާބުވާތަން ވާދަވެރިންނަށް ފެނުނީމަ އެކަން ހުއްޓުވަން ކުރާ ކަންކަން" ރައީސް ވިދާޅުވިއެވެ.
އެއަށް ފަހު އެމަނިކުފާނު ސަޕޯޓަރުންނަށް އިލްތިމާސްކުރެއްވީ އެކަމަށް ރައްދު ނުދިނުމަށެވެ. އޭގެ ބަދަލުގައި ފޯކަސް ކުރަންވީ އިންތިހާބު ކާމިޔާބު ކުރަން ކަމަށް ވިދާޅުވިއެވެ. "ކާމިޔާބު ކުރެވޭނީ ވޯޓުން. ހަމަނުޖުހެމާއި ތަޅާފޮޅުމާއި ސުލްހަ ވެރިކަން ނައްތާލައިގެން ކާމިޔާބު ކުރެވޭނެ ކަމެއް ނޯއްނާނެ" ރައީސް ވިދާޅުވިއެވެ.
76 ފޮއްޓެއް އަދިވެސް ބަންދު ނުކުރޭ
އިލެކްޝަނުން އެދުމުން ކުރިޔަށް އޮތް ދެ ދުވަސް ސަރުކާރު ބަންދުކޮށްފި
ކައުންސިލް އިންތިހާބާއި ހިޔާލު ހޯދުމުގެ އިންތިހާބު ފަށައިފި
ވިލިނގި ސްކޫލުގައި ރޯވުން: އީސީގެ އެއްޗަކަށް ގެއްލުމެއް ނުވޭ
ވިލިނގިލި ސްކޫލުގައި އަލިފާން ރޯވެއްޖެ
524 މިލިއަން ޑޮލަރުގެ "ބޮޑު" ދަރަނި ދައްކައިފި