އަރބަންކޯގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަގޮތަކަށް އެއްތަނަކުން ފޯރުކޮށް ދިނުމުގެ "އަރބަން ސެންޓަރ" ގެ ނަމުގައި އާބަންކޯގެ ގޮތްޕެއް ސެންޓްރަލް މޯލްގައި ހުޅުވައިފިއެވެ.
މިއީ ކުންފުނި އިތުރަށް ކުރިއަރާ ފުޅާވަމުން ދާވަރަކަށް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރެވިގެންދާ ވަރަށް ބޮޑު މަސައްކަތެއް ކަމަށް އާބަންކޯއިން ބުނެއެވެ. އެގޮތުން، އޮންލައިންކޮށް ސާރވިސަސް ބޭނުންކުރުމަށް ދަތިފުޅުވާ ބޭފުޅުން، އާރބަން ސެންޓަރއަށް ވަޑައިގަތުމުން އަރބަންކޯގެ މުވައްޒަފުން އެފަރާތަކަށް އެހީތެރިކަން ފޯރުކޮށްދޭނެކަމަށް އާބަންކޯއިން މައުލޫމާތުދެޔެވެ.
މި ފާއިތުވެދިޔަ 5 މަސް ތެރޭގައި އަރބަންކޯއިން ވަނީ 52،497 ފޯނުކޯލަށް ޖަވާބު ދީފައެވެ. އަދި 4769 މައްސަލަތައް ހުށަހަލާފައިވާއިރު އޭގެ 87 އިންސައްތަ މައްސަލަ ވަނީ އެކުންފުނިން މިހާތަނަށް ހައްލުކޮށްފައެވެ.
އަރބަން ސެންޓަރަކީ އަރބަންކޯގެ ހުރިހާ ކަސްޓަމަރުންނަށް އެ ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް އެއްތަނަކުން ފަސޭހަގޮތަކަށް ލިބޭނެ ގޮތް ހެދުމަށް ފަރުމާކުރެވިފައިވާ ސެންޓަރެކެވެ. މި ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ގާތުންބަލާ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުން ކަމަށާއި އަދި އާރބަންކޯގެ ކަސްޓަމަރުންނަށް އެންމެ ގާތުން ޚިދުމަތް ފޯރުކޮށްދޭ މުވައްޒަފުންނަށް މަސައްކަތް ކުރުމަށް ރަނގަޅު ޖާގަ ތަނަވަސް މާޙައުލެއްވެސް މި ސެންޓަރާއެކީ ވަނީ ލިބިގެން ގޮސްފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ