ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވާދަނުކުރެއްވޭ ހާލަތުގައި އިންތިހާބުގައި ވާދަކުރަން ހޮވި ޕީއެންސީގެ ކެންޑިޑޭޓް، މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ ފަހަތުގައި އިދިކޮޅު ލީޑާޝިޕް އެއްކޮށް އޮތްކަން ހާމަކޮށްފިއެވެ.
ޔާމީނަށް އެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާއެކު ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަށް އެމަނިކުފާނު ލީޑާޝިޕަށް އެންގެވި އެވެ. ނަމަވެސް އޭރު ޕީއެންސީން ވަނީ ޔާމީނަށް ކުރިމަތި ނުލެވޭ ހާލަތެއްގައި މުއިއްޒު ވާދަ ކުރުމަށް ފާސް ކޮށްފަ އެވެ. އެހެންވެ ޕީޕީއެމް/ޕީއެންސީން ބޭއްވި ސެނެޓް ބައްދަލުވުމުގައި މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައި ވަނީ ޔާމީންގެ އެ އެންގެވުން ބަލައިނުގަނެ މުއިއްޒުގެ ފަހަތަށް އެރުމަށެވެ.
އެހެން ނަމަވެސް އިދިކޮޅު ލީޑަޝިޕުގެ ވަކިވަކި މެމްބަރުން މުއިއްޒުއަށް ފުރިހަމަ ތާއީދު ނެތްކަން ހާމަކޮށް ވާހަކަތައް ދައްކަވަމުން ގެންދެވި އިރު، މިރޭ ވަނީ ޕްރޮގުރެސިވް ކޯލިޝަނުން ބޭއްވި ބައްދަލުވުމުގައި ހުރިހާ ލީޑަރުން އިއްތިފާގުވާ ގޮތް ހާމަކޮށްފައެވެ. އެގޮތުން ރައީސް ޔާމީން މިނިވަން ކުރެވޭނީ މުއިއްޒު ފަހަތަށް އަރައިގެން ކަމަށާއި، އިންތިހާބު ކާމިޔާބުކުރުމަށް މުއިއްޒުއަށް ފުރިހަމަ އެއްބާރުލުން ދޭނެކަން ކޯލިޝަންގެ ލީޑާޝިޕުން ވަނީ ހާމަކޮށްފައެވެ.
ތަފްސީލް އަންނަނީ...
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ