އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި އެކަމާއި މެދު ވިސްނަވާނެ ރައީސް ވިދާޅުވި ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ފަހުން ބޭއްވި ޑރ. މުއިއްޒު މިރޭ ވަނީ ނޫސްވެރިންނާއި ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ. ޕީޕީއެމް/ޕީއެންސީގެ މުޅި ލީޑާޝިޕާއެކު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ރައީސް ސޯލިހަށް ގުޅުއްވާފައި ވާނެ ކަމަށެވެ.
"އަޅުގަނޑު ގުޅިން. ގުޅާފައި ރައީސް ސޯލިހަށް ދެންނެވިން ތިބޭފުޅުން ބޭނުންފުޅުވި ގޮތް މިހާރު ވެއްޖެ ނޫންތޯއޭ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއް ނޫންތޯއޭ. ދެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވަންވީ ނޫންތޯއޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ވިސްނަވާނެ ކަމަށް ރައީސް ސޯލިހު އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށެވެ.
ތަފްސީލް އަންނަނީ....
އައްޑޫ ލިންކް ރޯޑު ހެދުމަށް އެހެން ބަޔަކާ ހަވާލުކުރަނީ
އަމީނީމަގު މަރާމާތު ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި
ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ، ބޮޑު ސަރަހައްދެއް ބަލައިފި
މޫސުން ގޯސްވެ ކަނޑުމަތީ ހާދިސާތައް އިތުރުވާތީ ސަމާލުވާން އެދިއްޖެ