ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެއެވެ.
ކަރެކްޝަނުން ބުނީ މަރުވީ ބ. ތުޅާދޫ ބޯދި އިސްމާއިލް އަބޫބަކުރު (55 އަހަރު) ކަމަށެވެ.
އޭނާ މަރުވީ މެޔަށް ތަދެއްއަރައިގެން، މިއަދު މެންދުރުފަހު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ. އިސްމާއިލް އަބޫބަކުރުގެ ހާލަތު އިތުރަށް ގޯސްވެ، އެމެޖެންސީއަށް ބަދަލުކޮށް، ފަރުވާ ދެމުން ދިޔަ ކަމަށް ކަރެކްޝަނުން ބުންޏެވެ. އޭނާ މނަރުވީ ގާތްގަނޑަކަށް 3:25 ގައި އޭނާގެ ހިތްހުއްޓިގެން ކަމަށް އެ އިދާރާއިން ބުންޏެވެ.
އިސްމާއިލް އަބޫބަކުރަކީ ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ކުށުގައި 10 އަހަރު ދުވަހުގެ ހުކުމެއް ތަންފީޒުކުރަމުންދިޔަ ގައިދީއެކެވެ. އަދި މީނާއަކީ އެއްވެސް ބޮޑު ބައްޔަކަށް ފަރުވާ ހޯދަމުން އައި މީހެއް ނޫން ކަމަށް ކަރެކްޝަނުން ބުންޏެވެ.
އިސްމާއީލް އަބޫބަކުރު ނިޔާވުމާ ގުޅިގެން އެކަން އޭނާގެ އާއިލާއަށާއި އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސާވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް ކަރެކްޝަނުން ބުންޏެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
މަރުވެއްޖެ ވަޅުލައިފި މީ މކަހަލަ ތަނަކުން މީހަކު މަރުވެއްޖިއްޔާމު ވަރަށް ފުޅާ ދާއިރާގައި ތަޙްގީގު ކުރެވެން ޖެހޭނެ ޖަލުތަކުން ދޭތެރެދޭތެރެއިން މީހުން މަރުވޭ މިސާލަކަށް އީވާން ނަސީމް ދެންބުނާނީ އެއީ މަރުހުއްދަ ވެފާ ހުރި މީހެކޭ މަރު ހުއްދަ ވާމީހުން މަރަންވާގޮތަށް މެރީމާ ނިމުނީ އެކަން ނުކުރާތީ މައްސަލަ ޖެހިގެން މިއުޅެނީ
ދުމަހުއަ