ޕީޕީއެމުން ވަކިވެވަޑައިގަތުމަށް ފަހު ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޖުމްހޫރީ ޕާޓީ އަށް ސޮއި ކުރައްވައިފިއެވެ.
ވަހީދު ޖޭޕީ އަށް ސޮއި ކުރެއްވީ، މިހާރު އދ. މާމިގިލީގައި ކުރިޔަށްދާ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ ކެމްޕެއިން ފެށުމުގެ ގޮތުން ބާއްވާ ޖަލްސާގައެވެ.
ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ވަހީދު ޕާޓިން ވަކިވެވަޑައިގެންވިކަން އިއުލާންކުރެއްވީ ޓްވިޓާގައި ބަޔާނެއް އާއްމުކުރައްވައެވެ.
އެ ބަޔާނުގައި ވަހީދު ވިދާޅުވީ މީގެ 10 އަހަރު ކުރިން ޕީޕީއެމާ ގުޅިވަޑައިގަތީ، ގައުމީ ހަމަޖެހުން ގާއިމުކޮށް، އެމަނިކުފާނު ފެއްޓެވި ތަރައްގީގެ ފިޔަވަޅުތައް ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި ރައްޔިތުން ކުރިއެރުވުމަށާއި، އިގްތިސާދާއި، ޑިމޮކްރަސީ ހަމައަކަށް އެޅުވުމަށްޓަކައި ކަމަށެވެ. އަދިވެސް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި ކަމަށާއި އޭގެތެރެއިން ގިނަ ޕްލޭންތަކެއް ކާމިޔާބުވެގެންދާތީ އުފާކުރައްވާ ކަމަށް ވިދާޅުވިއެވެ.
“އަޅުގަނޑަށް ހީވަނީ، އަޅުގަނޑުގެ ހުނަރާއި ތަޖުރިބާއާއި އިލްމުގެ ބޭނުން، ހަމަޖެހުމާއި، އެއްބައިވަންތަކަމާއި، އިހްލާސްތެރިކަން ހުރި ތަނެއްގައި، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ކާމިޔާބީއަށް މަގުފަހިކޮށްދިނުން މުހިންމުކަމަށް އަޅުގަނޑު ދެކެން" ވަހީދު ވިދާޅުވިއެވެ.
ވަހީދު ޕީޕީއެމުން ވަކިވެވަޑައިގެންފައިވާއިރު އެ ޕާޓީގެ ރިޔާސީ ޓިކެޓާއި މެދު އެމަނިކުފާނު ޝައުގުވެރިކަން ހުންނެވިކަން މީގެ ކުރިން ފާޅުކުރައްވާފައިވެއެވެ. އެކަމަކު ވަކިވެވަވަޑައިގެންނެވީ ޕާޓީގެ ޓިކެޓް ލިބިވަޑައިނުގަތުމުން ކަމަށް ވިދާޅެއް ނުވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ
ޖަމީލުއަށް ދައުވަތު ނުދެއްވަނީތަ
ދޯދި