ބޭންކިން ނިޒާމުގެ ތެރެއިން ރައްޔިތުންނަށް އަތްފޯރާފަށުގެ ލޯނު ސްކީމްތަކެއް ތައާރަފް ކުރައްވާނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފިއެވެ.
ހދ، ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ ހައުސިން މިނިސްޓަރުކަން ވެސް ކުރައްވާފައިވާ މުއިއްޒު ވިދާޅުވީ ގެދޮރުވެރިކަން ނެތިފައިވާ މައްސަލައަށް ހައްލެއް ގެނައުމީ ޕީޕީއެމްގެ އެންމެ އިސް ސިޔާސަތު ކަމަށެވެ.
ކުޅުދުއްފުއްޓަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތައް ބަހައްޓަންވާން ޖެހޭނީ ރައްޔިތުންނަށް އަތްފޯރާ ފަށުގައި ގެދޮރުވެރި ލޯނު ލިބޭ ގޮތަށް ކަމަށެވެ. ސަރުކާރުގެ ބޭންކިން ނިޒާމުގެ ތެރެއިން އެކަންކަން ބައްޓަންވެފައި އޮންނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ބޭންކިން ނިޒާމު [އެއީ އެމްއެމްއޭއިން ފެށީގެން ދެން ހުރި ބީއެމްއެލްއާ ދެން ހުރި ކޮމާޝަލް ބޭންކުތަކާއި ހުރިހާ ބޭންކުތަކެއް] މި ރާއްޖޭގައި ބޭންކުތައް ހިންގާ ކަމަށްވަންޏާ ދިވެހި ރައްޔިތުންނަށް އެ ރައްޔިތުންގެ ގެދޮރުގައި ގޯތީގައި ފަސޭހަކަމާއި އެކީ އަތްފޯރާ ފަށުން ލޯނު ލިބޭ ފަދަ ލޯނު ސްކީމްތައް ތައާރަފްކުރެވިގެންދާނެ" މާލޭގެ މޭޔަރުކަންވެސް ކުރައްވާ މޭޔަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ލޯނުތަކުގެ އިންޓްރެސްޓް ރޭޓާއި އިކުއިޒިޝަން ފީ ހުންނާނީ އަތްފޯރާ ފަށުގައި ކަމަށެވެ. އެ ލޯނު ލިބޭނީ ވަކި ޝަރުތުތަކަކާއި އެކު ކަމަށާއި ފުރަތަމަ ގެ އަޅާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް ވިދާޅުވިއެވެ. "ގޯތި ހުރެފައި ގެދޮރު ނެތް ފަރާތްތަކަށް އެ ގޯތީގައި ގެދޮރު އެޅޭނެ މެކޭނިޒަމްތައް ފަހިވުމަކީ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޔަގީންވެގެންދާނެ ކަމެއް" މުއިއްޒު ވިދާޅުވިއެވެ.
ގެ އަޅަން ފަށާފައި ނުނިމި ހުރި ގެތަކަށް ހާއްސަކޮށްގެން "ހައުސިން ކޮމްޕްލިޝަން" ލޯނުތަކެއްވެސް ތައާރަފްކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ދެއްވި ޔަގީންކަމަކީ މި ސަރުކާރުން ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާނުލާނެ ކަމަށެވެ. ސަބަބަކީ ތަރައްގީގެ ގޮތުން ރައްޔިތުންނަށް ފައިދާވާ ކަމެއް ހުއްޓަލުމަކީ ޕީޕީއެމްގެ ވިސްނުމެއް ނޫން ކަމަށެވެ.
މުއިއްޒުގެ ކުޅުދުއްފުށީ ސިޓީއަށް ވެވަޑިގެންނެވި ބައެއް ވައުދުތައް:
- ބޮޑެތި މަގުތަކުގައި ތާރުއަޅާ ހުރިހާ މަގެއް ރަނގަޅު ފެންވަރެއްގައި ހެދުން
- ހުރިހާ ބަލިތަކަކަށް ފަރުވާދޭވޭނެ ހޮސްޕިޓަލުން ގާއިމްކުރުން
- 24 ގަޑިއިރު ހިދުމަތްދޭ ދަމަނަވެއްޓެއް ގާއިމްކުރުން
- އެއާޕޯޓް އިތުރަށް ތަރައްގީކުރުން
- ކުނި މެނޭޖް ކުރުމަށް ހައްލު ހޯދައިދިނުން
- ކޭލަކުނަކީ އަތޮޅަށް އިގްތިސާދީ ގޮތުން ފައިދާވާ ތަނަކަށް ހެދުން
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ