އަންނަ މަހުގެ ނުވަ ވަނަ ދުވަހު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް "ދަ ޑިމޮކްރެޓްސް" ދާނެ ކަމަށާއި، ދެ ވަނަ ބުރެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖެހިވަޑައިގަންނަވާނީ ޑިމޮކްރެޓުންގެ ފަހަތަށް އަރަން ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި ނަޝީދު ވަނީ ޑިމޮކްރެޓުން ދެވަނަ ބުރަކަށް ނުދާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އެކަމަކު ކޮލަމާފުށީގެ ޑިމޮކްރެޓްސްގެ މެމްބަރުންނާ މުހާތަބުކުރައްވާ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ނަޝީދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓުންގެ ފަރާތުން ވާދަކުރައްވާ އިލްޔާސް ލަބީބް އާއި އޭނާގެ ރަނިން މޭޓް ހުސެއިން އަމްރު ދެވަނަ ބުރަކަށްދާނެކަމަށް ޝައްކެއްނުވާ މިންވަރަށް ޔަގީންވެފައިވާ ކަމަށެވެ.
"އެބޭފުޅުން އެތިއްބެވީ ދެވަނަ ބުރުގައި،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އިލްޔާސް އަކީ ގާބިލު ކެނޑިޑޭޓެއް ކަމަށާއި ގައުމެއްގެ އިގްތިސާދު ހަމަމަގަށް އަޅުވަން ކުރައްވަން ޖެހޭ ކަންތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެންވެ ދެވަނަ ބުރެއްގައި ޑިމޮކްރެޓުންނަށް ތާއިދުކުރައްވަން އެމްޑީޕީއަށް މަޖުބޫރުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އިލްޔާސް ލަބީބްގެ ފަހަތަށް ރައިސް އިބްރާހިމް މުހައްމަދު ސޯލިހު އަރުއްވަން ޖެހިވަޑައިގަންނަވާނެ. އަޅުގަނޑު ރައީސަށް މި ދަންނަވަނީ ވަރަށް ސާފުކޮށް ވަރަށް އިހުލާސްތެރިކަމާއެކީ،" ނަޝީދު ވިދާޅުވިއެވެ.
ޑިމޮކްރެޓުންނާއި އެ ޕާޓީގެ ކެނޑިޑޭޓަށް ޕޯޑިއަމްތަކުގައި އެމްޑީޕީން ގަދަރާއެކު ވާހަކަ ދެއްކެވުމަށް ނަޝީދު އިލްތިމާސްކުރެއްވިއެވެ.
ނަޝީދު، ދެވަނަ ބުރެއްގެ ވާހަކަ ދައްކަވާފައިވާއިރު ކެމްޕޭނުގެ ޖަލްސާތަކުގައި ރައީސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނަށް އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށެވެ. ވާދަވެރިކަން ބޮޑުވި ވަރަކަށް އިންތިހާބު ކާމިޔާބުކުރައްވަން މާ ބޮޑަށްވެސް ފަސޭހަވެވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ